1440ވަހަ އަހަރު ރަމަޟާންމަހު ބީއެސްއެސްއޭ އިން ތަރާވީހަކާއި ރޯދަވީއްލުމެއް ބާއްވައިފިއެވެ.
ބީއެސްއެސްއޭ އާއި ފެސާ ގުޅިގެން ތަރާވީސް ބޭއްވި އިރު ރޯދަވީއްލުން ގެންދިޔައީ ބީއެސްއެސްއޭގެ ބޮޑުބެރު ގްރޫޕް އާއި ގުޅިގެނެވެ. މެއި 28 ވީ އަންގާރަ ދުހުގެ ރޭ ތަރާވީސް ކުރިޔަށް ގެންގޮސްފައިވަނީ އެފްއީގައެވެ. އަދި ގިނަ ލީޑަރުންތަކަކާއި ބީއެސް ބޮޑުބެރު ގްރޫޕްގެ އެއްބާރުލުމާއި އެކު ރޯއްދަވީއްލުން އޮތީ ޖޫން 1 ވީ ހޮނިހިރު ދުވަހު ރަސްފަންނުގައެވެ.
މިފަދަ ހަރަކާތްތަކަކީ ބީއެސްއެސްއޭ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކާމިޔާބު ހަރަކާތްތަކެކެވެ. އެގޮތުން މިދިޔަ އަހަރު ފެސާ އާއި ބީއެސްއެސްއޭ އިން ވަނީ މާހެފުމެއް ބާއްވާފައެވެ. އަދި ބީއެސްއެސްއޭ އިން ބޮޑުބެރު ގްރޫޕާއި ގުޅިގެން ރޯދަވީއްލުމެއް ކުރިޔަށް ގެންދިޔަ މިއައީ ފުރަތަމަ ފަހަރެވެ.
ލިޔުނީ : ފާތިމަތު ޒަހްރާ
މީޑިއާ ކޯޑިނޭޓަރ، ބީއެސްއެސްއޭ، އެމް.އެން.ޔޫ.އެސް.ޔޫ