Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ގޮފިތައް ބީ.އެސް.އެސް.އޭ

ބީ.އެސް.އެސް.އޭ އަހަރީ ރިޕޯޓު 2019

ބީ.އެސް.އެސް.އޭ by ބީ.އެސް.އެސް.އޭ
2019-11-23
in ބީ.އެސް.އެސް.އޭ, ގޮފިތަކުގެ ރިޕޯޓްތައް
ބީ.އެސް.އެސް.އޭ އަހަރީ ރިޕޯޓު 2019

ފެށުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންގެ 14 ގޮތްޕެއް މިހާތަނަށް އުފެދިފައި ވާއިރު، ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯޝިއޭސަން (ބީ.އެސް.އެސް.އޭ) އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޙަރަކާތްތައް ހިންގުމާ ހަވާލުވެ ހުރި ގޮތްޕެވެ. 2019 ވަނަ އަހަރު ބީ.އެސް.އެސް.އޭ ގޮފީގެ މަގާމްތަކާ ހަވާލުވެތިބީ ގޮފީގެ ހަތްވަނަ ދައުރުގެ މެމްބަރުންނެވެ. އެގޮތުން 2019 ވަނަ އަހަރު ފެށިގެން އައިރު މަގާމްތަކާ ހަވާލުވެތިބީ: ރައީސް އަލީ ނިހާދު، ނައިބު ރައީސް (ޢިލްމީ) ރުކްޝާނާ އާދަމް، ނައިބް ރައީސް (ޢަމަލީ) މުހައްމަދު ޔާސިރު މޫސާ، ހަޒާންދާރު އިޒްހާމް އަލީ، ސެކްރެޓަރީ މަރިޔަމް ރިފްޤާ މުހައިމިން އަދި މީޑިއާ ކޯޑީނޭޓަރ ފާތިމަތު ޒަހްރާ އެވެ. ނަމަވެސް އަހަރުގެ މެދުތެރެއިން ތަފާތު ސަބަބުތަކާ ހުރެ، ހިންގާ ކޮމެޓީގެ މެމްބަރުންނާއި މަޤާމުތައް ވަނީ ބަދަލުވެފައެވެ. އެގޮތުން ރައީސްގެ މަގާމާ މުހައްމަދު ޔާސިރު މޫސާ ހަވާލުވިއެވެ. އަދި ނައިބު ރައީސް (ޢިލްމީ) މަޤާމަށް މަޖުނާ އަހުމަދު ހަވާލުވިއިރު، ނައިބު ރައީސް (ޢަމަމީ)ގެ މަޤާމާއި ހަވާލުވީ އިޒްހާމް އަލީއެވެ. އަދި ހަޒާންދާރަށް މަރިޔަމް ރިފްޤާ މުހައިމިން އާއި ސެކްރެޓަރީއަށް އީފާ އިބްރާހިމް ހަވާލުވިއެވެ. ތަފާތު ގިނަ ގޮންޖެހުމާއެކުވެސް 2019ވަނަ އަހަރު ނިންމާލީ ތަފާތު ގިނަގުނަ އަގުހުރި މަސައްކަތްތަކާއި ކާމިޔަބީތައް ހާޟިލްކުރުމަށްފަހުއެވެ.

ހިންގުނު ހަރަކާތްތައް

ބީ.އެސް.އެސް.އޭ އިން 2019 ވަނަ އަހަރުވެސް ފާހަގަކޮށްލެވޭ ގިނަ ހަރަކާތްތަކެއް ވަނީ ރާވާ ހިންގާފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި 2019ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ބިޒްނަސް ސްކޫލާއި ގުޅުނު ދަރިވަރުންނަށް އަމާޒުކޮށް ސްކޮލާސް ގާލާނައިޓްގެ ނަމުގައި ހަރަކާތެއް ބޭއްވިއެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް ބީއެސްއެސްއޭއިން ވަނީ ފީފާ ޓޯނަމެންޓަކާއި، ބީއެސްއެސްއޭ ބޮޑުބެރު ގްރޫޕާއި ލީޑަރުން ގުޅިގެން ރޯދަވީއްލުމަކާއި އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯޝިއޭޝަން (އެފް.އީ) އާއި ގުޅިގެން ބޮޑުތަރާވީހެއް ބާއްވާފައެވެ. އަދި ރޯދަމަސް ނިންމާ ފިތުރު އީދު ފާހަގަކުރުމަށް ބީއެސްއެސްއޭއިން އެހެން ފެކަލްޓީތަކުގެ ދަރިވަރުންނާއި ގުޅިގެން ”އީދު ފަން“ގެ ނަމުގައި ވިލިގިލީގައި ކުލަޖެހުމުގެ ހަރަކާތެއް ކުރިޔަށް ގެންދިޔައެވެ.

ދެވަނަ ސެމިސްޓަރ ފެށުމާއެކު، އެ ސެމިސްޓަރ އާއި ގުޅުނު އާ ދަރިވަރުންނަށްވެސް ސްކޮލާސް ގާލާ ނައިޓެއް ބޭއްވިއެވެ. އަދި މިސެމިސްޓާއިން ލީޑަރުންގެ ގުރޫޕާއި ގުޅުނު ދަރިވަރުންނަށް ”ލީޑާސް ކޮންވީން“ގެ ނަމުގައި ގުޅުން ބަދަހި ކުރުމަށް ހަރަކާތެއް ކުރިޔަށް ގެންދިޔައެވެ. މި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާނެ ފައިސާ ހޯދުމަށް ބީއެސްއެސްއޭއިން މޫވީ ނައިޓާއި، ކުޑަކުދިންގެ ހަވީރު އަދި ހެނދުނުގެ ނާސްތާ ދިނުމުގެ ހަރަކާތްތަކެއް ބޭއްވިއެވެ. އަދި މިހަރަކާތްތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ލީޑަރުންނަށް އަމާޒުކޮށް ބާބަކިޔުއެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ތަރަހަ އާއި ގުޅިގެން ދެ ގޮފީގެ ލީޑަރުން ހިމަނައިގެން އަހަރީ ދަތުރެއްގެ ގޮތުގައި މާފުއްޓަށް ދިޔައެވެ. މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ބިޒްނަސް ސްކޫލުގެ މެނޭޖުމެންޓުންވެސް ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ. އެހެންކަމުން މުދައްރިސުންގެ ދުވަހާއި ބިޒްނަސް ސްކޫލުގެ 28ވަނަ އަހަރީދުވަސް ފާހަގަ ކުރުމުގައި ބީއެސްއެސްއޭއިން ބައިވެރިވިއެވެ. އަހަރުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ”ބީއެސްއެސްއޭ މޫދު މަޖާ“ ގެ ނަމުގައި ލީޑަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން މަޖާ ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. ބީއެސްއެސްއޭއިން މިއަހަރު ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ދެ ހަރަކާތަކީ ބީއެސްއެސްއޭ ފުޓްސަލް ފިއެސްޓާ އާއި ބީއެސް ނައިޓެވެ.

ބައިވެރިވި ހަރަކާތްތަކާއި ލިބުނު ކާމިޔާބީތައް

ބީއެސްއެސްއޭގެ އަމާޒަކީ ބިޒްނަސް ސްކޫލުގެ ދަރިވަރުން އެމްއެންޔޫއެސްޔޫ އިން ހިންގާ ހަރަކާތްތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ ފަޚުރުވެރި ކާމިޔާބީތަކެއް ބިޒްނަސް ސްކޫލަށް ހޯދައިދިނުމެވެ. އެހެންކަމުން 2019 ވަނަ އަހަރުވެސް އެމްއެންޔޫއެސްޔޫގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އެގޮތުން އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަމުބާރާތުގައި ބިޒްނަސް ސްކޫލުން އަންހެން އަދި ފިރިހެން ޓީމެއް ބައިވެރިވެ، އަންހެން ޓީމުންވަނީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ނަގާފައެވެ. އަދި އެމްއެންޔޫއެސްޔޫ އެސްއެސްއެލް މަދަހަ މުބާރާތާއި ޤުރުއާން މުބާރާތުގައި ބައިވެރިވިއެވެ. އެމްއެންޔޫއެސްޔޫ އެސްއެސްއެލް ޤުރުއާން މުބާރާތުން ބިޒްނަސް ސްކޫލަށް މުޅި މުބާރާތުން 3 ވަނަ ލިބިފައިވާއިރު މަދަހަ މުބާރާތުން ބިޒްނަސް ސްކޫލްގެ ދެދަރިވަރަކަށްވަނީ ވަނަ ލިބިފައެވެ. އެގޮތުން ފިރިހެން ކުދިންގެ ބައިން އެއްވަނަ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ދަރިވަރު ޢީސާ އަލޫފް އިބްރާހީމް ނަގާފައިވާއިރު އަންހެން ކުދިންގެ ބައިން ޢާއިޝަތު ނަބާހަތު ވަޙީދު އެއްވަނަ ހޯދިއެވެ. މީގެ އިތުރުން އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބަހުސް މުބާރާތުގައި މިއަހަރުވެސް މިދިޔަ އަހަރު ބައިވެރިވި ޓީމު ބައިވެރި ކުރުވިއެވެ. އެހެންނަމަވެސް މިމުބާރާތުން ވަކިވީ މުބާރާތުން ވަނައެއް ނުލިބިއެވެ. އަދި އަހިއްސާ ވާހަކަދެއްކުމުގެ މުބާރާތުގައިވެސް ބައިވެރިވިއެވެ.  އެމްއެންޔޫއެސްޔޫ އިން ކުރިޔަށް ގެންދާ އެންމެ ބޮޑު ހަރަކާތްކަމުގައިވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައިވެސް އެމްއެންޔޫބީއެސްއިން އަންހެން އަދި ފިރިހެން ޓީމު ނެރުނެވެ. މިމުބާރާތުގެ ތެރެއިން ހުޅުވާލި ”މީޑިއާ ޗެލެންޖް“ގައި ބައިވެރިވެ އެންމެ މޮޅު މީޑީއާ ޓީމަށް ބީއެސްއެސްއެސްއޭ ހޮވުނެވެ. އަދި އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވެ، ހުރިހާ މެޗަކުން މޮޅުވެ މިމުބާރާތުގެ ތަށިވެސް އެމްއެންޔޫބީއެސްގެ ޓީމުން ނެގިއެވެ. އަދި މި މުބާރާތުގެ އެންމެމޮޅު ކޯޗަކަށް ބިޒްނަސް ސްކޫލް ޓީމުގެ ކޯޗު ހޮވުނެވެ. އަހަރުގެ އެންމެ ފަހު ހަރަކާތަކަށް އެމްއެންޔޫއެސްޔޫ އިން ބޭއްވި ”ދަ ނެކްސްޓް ލެވެލް“ ޝޯގައިވެސް ބިޒްނަސް ސްކޫލުން ބައިވެރިވިއެވެ. އަދި ”އެމްއެންޔޫއެސްޔޫ ޓްރޭޝް ޗެލެންޖް“ ވެސް ބީއެސްއެސްއޭ އިން ފުރިހަމަކުރިއެވެ.“

 ނިންމުން

ބީ.އެސް.އެސް.އޭގެ އުންމީދަކީ ކުރިޔަށްހުރި އަހަރުތަކުގައި މިއަހަރަށްވުރެ ގިނަ ހަރަކާތްތަކެއް ރާވާ އަދި ފުރިހަމަ ކަމާއެކު މި ހަރަކާތްތައް ހިންގުމެވެ. އަދި މީގެ އިތުރުން ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަހުރުވެރި ވަނަތަކެއް އެމް.އެން.ޔޫ ބިޒްނަސް ސްކޫލަށް ހޯދައިދިނުމެވެ. މީގެ އިތުރުން ބީ.އެސް.އެސް.އެސް.އޭ އަބަދުވެސް ތިބޭނީ ބިޒްނަސް ސްކޫލުގެ ދަރިވަރުންނާއެކު، މިދަރިވަރުންނަށް އެކިކަންކަމުގައި އެހީތެރިވެދީ ދަރިވަރުންގެ ހުނަރުތައް ދެއްކުމަށް ތަފާތު ހަރަކާތްތައް އިންތިޒާމު ކުރުމުގައެވެ. ބީ.އެސް.އެސް.އޭއަށް ހަރަކާތްތައް ރޭވުމުގުގައި އެހީތެރިވެދޭ ހީވާގި އިސްވާރުންގެ އެހީ ލިބުމީ މިގޮފީގެ އަބަދުވެސް އެދުމެކެވެ. އަދި ކުރިޔަށް އޮތްތަނުގައި ބީއެސްއެސްއޭ ހިންގާކޮމެޓީއިން ހީވާގި ދަރިވަރުންތަކެއް ފެނިގެންދިޔުމެވެ.


ލިޔުނީ : ފާތިމަތު ޒަހްރާ

 މީޑިއާ ކޯޑިނޭޓަރ، ބީއެސްއެސްއޭ، އެމް.އެން.ޔޫ.އެސް.ޔޫ

ބީ.އެސް.އެސް.އޭ

ބީ.އެސް.އެސް.އޭ

ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

2025-12-10
2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

2025-12-06
އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

2025-12-06
ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

2025-12-06
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab