ބީއެސްއެސްއޭއިން މިއަހަރުގެ ކުޑަ އީދު ވިލިގިލީގައި ފާހަގަކޮށްފިއެވެ.
5 ޖޫންވީ 2019 ވަނަ ދުވަހު ލީޑަރުންނާއި އަދި އިތުރު ފެކަލްޓީގެ ދަރިވަރުން ބައިވެރި ކުރުވައިގެން އީދު ފާހަގަ ކުރިއިރު، ތަފާތު އެކި ކުޅިވަރުތައް ކުޅުނެވެ. އެގޮތުން ބައިބަލާ، ބޮޑުބެރު އަދި ކުލަޖެހުން ފާހަގަ ކޮއްލެވެއެވެ.
ބީއެސްއެސްއޭ ”އީދު ފަން“ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ދަރިވަރުންގެ ގުޅުންބަދަހިކުރުމެވެ. ގިނަ ދަރިވަރުންތަކެއް ބައިވެރިވި މިހަރަކާތް ނިންމާލީ ހަވީރުގެ ވަގުތެވެ.
ލިޔުނީ : ފާތިމަތު ޒަހްރާ
މީޑިއާ ކޯޑިނޭޓަރ، ބީއެސްއެސްއޭ، އެމް.އެން.ޔޫ.އެސް.ޔޫ