ފާއިތުވި އަހަރެކޭ އެއްފަދައިން މި އަހަރުވެސް ބީއެސްއެސްއޭ އިން ފޮޓޯ ޗެލެންޖް ބާއްވާފައެވެ.
މި އަހަރުވެސް މި ޗެލެންޖް ބާއްވާފައި ވަނީ ލޮކްޑައުން ތެރޭގައެވެ. 5 ދުވަހަށް ހިންގަން ހަމަޖެހިފައިވާ މި ހަރަކާތުގައި ކޮންމެ ދުވަހަކުވެސް އެމްއެންޔޫއެސްޔޫ ގެ އިވެންޓް އެއްގައި ނަގާފައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްލަން ޖެހެނީއެވެ.
ސޯޝިއަލް މީޑިއާ މެދުވެރިކޮށް ބޭއްވި މި ހަރަކާތަކީ އެމްއެންޔޫގެ ހުރިހާ ގޮފިތަކަށް ހުޅުވާލައިގެން ގެންދެވުން ހަރަކާތެކެވެ. އެގޮތުން އެމްއެންޔޫ ގެ އެކިއެކި ގޮފިތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބީއެސްއެސްއޭ އެކްސްކޯ ގެ މެމްބަރުންވެސް ހަރަކާތުގައި ޝާމިލްވިކަން އުފަލާއެކު ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގައި ކޯވިޑް ގެ ހާލަތު ގޯސްވެ ހާއްސަ ފިޔަވަޅުތަކެއް އެޅުނު ކަމުގައި ވީނަމަ ވެސް މިފަދަ ގޮތަކަށް ހަރަކާތްތައް ރާވާ ހިންގުމުގައި އެމްއެންޔޫ އެސްޔޫ އާއި ލީޑަރުން ގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ޝުކުރު އަދާކުރުން ހައްގު މަސައްކަތްތަކެކެވެ.