ބީ.އެސް.އެސް.އޭއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ”މެނޭޖިން ޔުއަރސެލްފް“ ގެ ސެޝަން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
17 އޮކްޓޯބަރ ވީ އާދީއްތަ ދުވަހު، ބޭއްވި ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ ސެމިނަރ ރޫމްގައެވެ. މި ޙަރަކާތަކީ، އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ މެނޭޖްމެންޓްއިންނާއި އަދި ބީ.އެސް.އެސް.އޭއާ އެއްކޮށް ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ލެކްޗަރަރ އަދި މެނޭޖްމެންޓް ޑިމާރޓްމަންޓްގެ ހެޑް އައިޝަތު ލީޒާ އަދި ލެކްޗަރަރ ނުހާ އިސްމާއިލް އެވެ.
މި ސެޝަންގައި ކިޔާދީފައިވަނީ މީހަކު ޑިޕްރެސަންއަށް ދާން ޖެހިދާނެ ސަބަބުތަކެވެ. އަދި ޑިޕްރެސަންއިން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންކަމަކީ ކޮބައިތޯއަށް ވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޓައިމް މެޏޭޖްކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ކޮބައިކަން ވެސް މި ސެޝަންގައި ވަނީ ފާހަގަކޮށްފައެވެ.
މި ސެޝަންގައި ބައިވެރިވި ބައިވެރިއެއް ފާހަގަ ކުރި ގޮތުގައި، މި ސެޝަންއަކީ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބުނު ސެޝަންއެއްކަމަށެވެ. އަދި ސުޓްރެސް މެނޭޖްކުރުމަށާއި އަދި ޓައިމް މެނޭޖް ކުރަންވެސް ދަސްވެގެން ދިޔަކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި މިކަހަލަ ސެޝަންއެއް ކުރިޔަށް ގެންދިޔައީތީ ވަރަށް ބޮޑަށް ސުކުރުއަދާކުރިއެވެ.
މިކަހަލަ ސެޝަންތަކަކީ ބީ.އެސް.އެސް.އޭއިންނާއި އަދި އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ މެނޭޖްމެންޓްއިން، ދަރިވަރުންނަށް ޙާއްސަކޮށްގެން ކުރިޔަށްގެންދާ ޙަރަކާތެކެވެ. މިކަހަލަ އިތުރު ސެޝަންތަކެއް، ކުރިޔަށް ހުރި ދުވަސްތަކުގައިވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.