ގިނަ އަހަރުތަކެއްގެ އިންތިޒާރަކާއި އުންމީދުތަކަކާއެކު، އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ބިޒްނަސް ފޯރަމްގެ ފުރަތަމަ ސެޝަން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައި ކުރިޔަށްގެންދާ މި ބިޒްނަސް ފޯރަމްގައި މުޅިޔަކު 7 ބިޒްނަސްއެއް ބައިވެރިވިއެވެ. އެއީ، ނެކްސްޓް ސޮލިއުސަން، ވަންޝޮޓް އިވެންޓްސް، ބޭކްސް ބައި ފިރާ، އެމް ކިޗަން، ސޫޓީ، ޔުނިކް ލައިފްސްޓައިލް، އަދި ކަސަބު ބައި ހިދާއެވެ.
29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުގެ ހަވީރު 16:00ގައި ކުރިޔަށް ގެންދިޔަ ފުރަތަމަ ސެޝަންގައި ހިމެނުނީ، ސޫޓީ، ވަންޝޮޓް އިވެންޓްސް، އަދި ޔުނިކް ލައިފްސްޓައިލްއެވެ. ސޫޓީގެ ފަރާތުން ބައިވެރިވީ ސޫދާ މުޙައްމަދުއެވެ. ވަންޝޮޓް އިވެންޓްސްގެ ފަރާތުން އަމާނީ އަހުމަދު ބައިވެރިވިއިރު، ޔުނިކް ލައިފްސްޓައިލް އިން ބައިވެރިވީ އައްބާސް މުޙައްމަދުއެވެ. މި ބިޒްނަސް ފޯރަމް ކުރިޔަށް ގެންދަނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައެވެ.


އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ބިޒްނަސް ފޯރަމް، ޖުމްލަ 2 ސެޝަންއަކަށް ބަހާއިލެވިގެންދެއެވެ. ފުރަތަމަ ސެޝަން ކާމިޔާބު ކަމާއެކީ ނިންމާލެވުނުއިރު، 2 ސެޝަން ކުރިޔަށް ދާނީ، ހަމަ 29 އޮކްޓޯބަރ ވީ ހުކުރުދުވަހުގެ ރޭގަނޑު 20:00 ގައެވެ. ރޭގަނޑުގެ ސެޝަންގައި، ބޭކްސް ބައި ފިރާ، އެމް ކިޗަން، ކަސަބު ބައި ހިދާ ނެކްސްޓް ސޮލިއުސަން ހިމެނެއެވެ. ރޭގަނޑުގެ މި ސެޝަންތަކަށްފަހު، 30 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހުގެ 09:00 އިން 22:00 އަށް ބިޒްނަސްތަކުގެ ސްޓޯލްތައްވެސް ހުޅުވާލަންވަނީ ނިންމާފައެވެ.





