ބީ.އެސް.އެސް.އޭއިން އެމް.އެން.ޔޫ.އެސް.ޔޫ އާ ގުޅިގެން ކުރިޔަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ބިޒްނަސް ފޯރަމްގެ ދެވަނަ ސެޝަންވެސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ފުރަތަމަ ސެޝަންއެކޭވެސް އެއްގޮތަށް ދެވަނަ ސެޝަންވެސް ކުރިޔަށް ގެންދިޔައީ އެމް.އެންޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައެވެ. މި ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ ހަމަ 29 ވީ އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުގެ ރޭގަނޑު 20:00 ގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ބިޒްނަސް ފޯރަމްގެ ދެވަނަ ސެޝަންގައި ހިމެނުނީ 04 ބިޒްނަސްއެވެ. އެއީ ނެކްސްޓް ސޮލިއުސަން، ބޭކްސް ބައި ފިރާ، އެމް ކިޗަން، އަދި ކަސަބު ބައި ހިދާއެވެ.
ނެކްސްޓް ސޮލިއުސަންއިން އަޙުމަދު މިހާދު ބައިވެރިވިއިރު، ބޭކްސް ބައި ފިރާ އިން ބައިވެރިވީ އައިޝަތު ފިރާޝާއެވެ. އަދި އެމް ކިޗަންއިން ހަސަން ފަރްހާން ބައިވެރިވީއިރު، ކަސަބު ބައި ހިދާ އިން ބައިވެރިވީ ހިދާނާ ލަތީފްއެވެ.
މި ސެޝަންއަކީ މި ބިޒްނަސް ފޯރަމްގައި ކުރިޔަށްގެންދާނެ އެންމެ ފަހު ސެޝަންއެވެ. އެހެންނަމަވެސް 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ފައްޓައިގެން 22:00 އާ ހަމައަށް ބައިވެރިވި ބިޒްނަސްތަކުގެ ސްޓޯލްތައް ބެހެއްޓިފައި ހުންނާނެއެވެ.





