ބީ.އެސް.އެސް.އޭއިން އިސްނަގައިގެން ކޮރެލް ޑްރޯ ސެޝަންއެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ސެޝަން އަކީ ބީ.އެސް.އެސް.އޭއާއި އަދި އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ މެނޭޖްމެންޓްއާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ ލެކްޗަރަރ ނުހާ އިސްމާއިލްއެވެ.
16 ނޮވެމްބަރ (އަންގާރަ) އަދި 18 ނޮވެމްބަރ (ބުރާސްފަތި)ގައި ކުރިޔަށް ގެންދިޔަ މި ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.
މި ސެޝަންގައި، ކޮރެލް ޑްރޯ ބޭނުން ކުރާނެ ގޮތްތައްވަނީ ދަސްކޮށްދީފައެވެ. މި ޙަރަކާތަކީ އެމް.އެން.ޔޫގެ ހުރިހާ ފެކަލްޓީއެއް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށް ފުރުސަތު ހުޅުވާލައިފައިވާ ސެޝަންއެކެވެ.
މިކަހަލަ ސެޝަންތަކަކީ ބީ.އެސް.އެސް.އޭއިންނާއި އަދި އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ މެނޭޖްމެންޓްއިން، ދަރިވަރުންނަށް ޙާއްސަކޮށްގެން ކުރިޔަށްގެންދާ ޙަރަކާތެކެވެ. މިކަހަލަ އިތުރު ޢިލްމީ ސެޝަންތަކެއް، ކުރިޔަށް ހުރި ދުވަސްތަކުގައިވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.





