ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން މިއަހަރު ބޭއްވި ފުރަތަމަ ރިފަރެންސިންގް ސެޝަން ނިންމާލައިފިއެވެ.
މި ސެޝަންއަކީ ބީ.އެސް.އެސް އަދި އެމް.އެން.ޔޫ ބިސްނަސް ސްކޫލްގެ މެނޭޖްމެންޓްއާއި ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. 19 މާރިޗު ވީ ހޮނިހިރު ދުވަހު މެންދުރު ބޭއްވި މި ސެޝަން ކުރިޔަށްގެންދިޔައީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ގެ އޯޑިޓޯރިއަމްގައެވެ. މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެމް.އެން.ޔޫ ގެ ލައިބްރޭރިއަން އެއްކަމަށްވާ ޑރ.އާމާލް އަލީއެވެ. އޭޕީއޭ ސްޓައިލަށް ރިފަރެންސް ކުރާނެ ގޮތްތައް މި ސެޝަންގައި ވަނީ ކިޔާދީފައެވެ.
ހުރިހާ ފެކަލްޓީތަކަށް ހުޅުވާލެވިގެން ކުރިޔަށްގެންދިޔަ މި ސެޝަންގެ މައިގަނޑު ބޭނުމަކީ ކުރިއަށް ހުރި އެސައިންމެންޓްތައް ހެދުމުގައި ދަރިވަރުންނަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމެވެ. މިއީ އެމް.އެން.ޔޫ އަށް އަލަށް ގުޅުނު ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު ސެޝަންއެކެވެ.
މިކަހަލަ އިތުރު ސެޝަންތަކެއް ވެސް ކުރިޔަށް ގެންދިޔުމަށް ބީ.އެސް.އެސް އޭއިން ވަނީ ނިންމާފައެވެ.