ބީ.އެސް.އެސް.އޭ ސްޓޫޑިއޫ ދެވަނަ އެޕިސޯޑު ވެސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ފުރަތަމަ އެޕިސޯޑެކޭ އެއްފަދައިން މި އެޕިސޯޑުގައިވެސް ތިން ސެގްމެންޓެއް ގެނެސްދީފައިވާއިރު ފުރަތަމަ ސެގްމެންޓުގައި ގެނެސްދީފައިވަނިީ، އެމް.އެން.ޔޫ.އެސް.ޔޫ ގެ މިހާރުގެ ހިންގާ ކޮމިޓީގެ ދެ މެމްބަރުންނެވެ. އެގޮޮތުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ހުސެއިން ޒައިދު އަދި ނައިބު ރައީސް (އިތުރު ހަރަކާތް) ސުއައިދު ޔޫނުސްއެވެ.
ކޮވިޑް 19 ގެ ސަބަބުން ދަތިތަކަކާ ކުރިމަތިވެ ކުރީގެ ދެ ދައުރަށް ބަލާއިރު މިއަހަރު އުންމީދުކުރި ގޮތަށް ހަރަކާތްތައް ކުރިޔަށް ގެންދެވިގެންދާކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ. އެއްވެސް އިރެއްގައި ރައީސް ކަމުގެ މަގާމް ހޯދުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި އެއިރެއްގައި ހުންނަ މަގާމެއްގައި ހުރެ ކުރަން ހުންނަ މަސަައްކަތްތަކުގެ ޒިންމާ އެންމެ ފުރިހަމަޔަށް އަދާކުރެއްވުމަށް އިސްކަމެއް ދީފައިވާނެކަމަށް ޒައިދު ވިދާޅުވިއެވެ.
މިހާ ފުރިހަމަކޮށް ކޮންމެ ހަރަކާތެއް ވެސް ނިމިގެން މިދަނީ ހިންގާ ކޮމިޓިީގެ ފުރިހަމަ ޓީމް ވޯކް ގެ ސަބަބުން ކަމަށް ޒައިދު ފާހަގަ ކުރިއެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ބައިވެރިވަމުންދާ މުބާރާތްތަކުން ފުރިހަމަ ކާމިޔާބީއެއް ލިބުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއްކަމަށްވެސް ޒައިދު ވިދާޅުވިއެވެ.. ކިޔަވަމުންވެސް އިތުރު ހަރަކާތްތަކަށް ވަގުތު ހުސްކުރުމަކީ ގިނަ ކަންކަން ދަސްވެ އިތުރު ކުރިއެރުންތައް ލިބިގެންދާނެކަންވެސްޒައިދު ވަނީ ފާހަގަކޮށްފައެވެ.
ތަފާތު ގިނަ ހަރަކާތްތަކެއް މި ރަމަޟާން މަހު ވެސް އެމް.އެން.ޔޫއެސް.ޔޫ އިން ގޮފިތަކާއި ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ކަމަށް ނައިބު ރައީސް (އިތުރު ހަރަކާތް) ސުއައިދު ވިދާޅުވިއެވެ. މީގެ އިތުރުން ގޮފިތަކުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާކަން މި ފުރުސަތުގައި ވަނީ ފާހަގަކޮށްފައެވެ. މި ދައުރު ނިމިގެންދާއިރު އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އުންމީދަކީ ކޮވިޑްއާއި ގުޅިގެން މެދުކެނޑިފައިވާ މުބާރާތްތައް ކުރިޔަށް ގެންދިޔުންކަން ސުއައިދު ވިދާޅުވިއެވެ. އަދި މިހާރު ކުރާ އެންމެ ބޮޑު އުންމީދަކީ އަހުރަ ހޭންޑްބޯޅަ މުބާރާތުގެ އިތުރުން އެމް.އެން.ޔޫއެސް.ޔޫ ފުޓްސަލް ފިއެސްޓާ ބޭއްވުމެވެ.
ޕްރޮގްރާމްގެ ދެވަނަ ސެގްމެންޓްގައި ގެނެސްދީފައިވަނީ އަން އޮން އަން ސެގްމެންޓްއެވެ. މި ސެގްމެންޓްގައި ބީ.އެސް.އެސް.އޭގެ ދެ ލީޑަރުންގެ މެދުގައި ތަފާތު ސުވާލުތަކެއް ކުރެވިގެން ދިޔައެވެ. ބެލުންތެރިންނަށް ހިތްގައިމު މަޖާ ގޮތަކަށް މި ސެގްމެންޓް ގެނަސްދީފައި ވަނީ ބެލުންތެރިން ޝައުގުވެރިވާނެ ގޮތަކަށެވެ.
ތިންވަނަ ސެގްމެންޓްގައި ގެނެސްދީފައިވަނީ، ބީ.އެސް.އެސް.އޭގެ މިހާރުގެ ނައިބު ރައީސް (އިތުރު ހަރަކާތް) މިޝަލް މޫސާގެ އިންޓަރވިއުއެކެވެ. ބީ.އެސް.އެސް.އޭގެ ހަރަކާތްތައް ހިންގުމަށް އައު ލީޑަރުންގެ ބައިވެރިވުން ފެނުމަކީ އިތުރު ފަސޭހަތެއް ވެ އަދި ބީ.އެސް.އެސް.އޭ ގެ ކުރިމަގަށް ވަރަށް މުހިންމު ކަމެއް ކަމުގައި މިޝަލް ވަނީ ފާހަގަކޮށްފައެވެ. އަދި ބީ.އެސް.އެސް.އޭގެ ފަރާތުން އިތުރު ފުރުސަތުތައް ވެސް އެކުދިންނަށް ހުޅުވާލެވިގެންދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފަހު ސެގްމެންޓެއްގެ ގޮތުގައި މި އެޕިސޯޑުގައިވެސް ވަނީ ގޭމް ސެގްމެންޓެއް ކުރިޔަަށް ގެންގޮސްފައެވެ. މި ސެގްމެންޓްގައި ބީ.އެސް.އެސް.އޭ ގެ ލީޑަރުންގެ މެދުގައި ވާދަވެރިކޮށް ގޭމް ކުޅެވިގެންދިޔަތަން ބެލުންތެރިންނަށް ފެނިގެންވާނީ ގޮސްފައެވެ.
މި ޕްރޮގްރާމް ގެ ތިންވަނަ އެޕިސޯޑް 27 އޭޕްރީލް ވާ ބުދަ ދުވަހުގެ ރޭގަނޑު އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) ގެ ފޭސްބުކް ޕޭޖް އިން ގެނެސްދެވިގެންދާނެއެވެ.