މިއަހަރުގެ ފުރަތަމަ ސެމިސްޓަރގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.
މި އޮރިއެންޓޭޝަން ބާއްވާފައިވަނީ 8 ފެބްރުވަރީވީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި، އެމް.އެން.ޔޫ. ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ. މި ސެޝަންގައި ބިޒްނަސް ސްކޫލްގެ ޑީން އަބްއްރަޙްމާން މުބާރިކް އަދި ލެކްޗަރަރ ޝަޒްރާ އިބްރާހިމް ވަނީ ފެކަލްޓީ އާއި އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެ، ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ކޯސްތަކުގެ ކޯޑިނޭޓަރުންނާއި ދަރިވަރުން ބައްދަލުކުރުންވެސް އޮރިއެންޓޭޝަނަށްފަހު ކުރިއަށް ގެންގޮސްފައިވެއެވެ.


ޖުމްލަ 67 ދަރިވަރުން ބައިވެރިވި މި ސެޝަންގައި ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ ފަރާތުން ދަރިވަރުންނާއި ވާހަކަދެއްކީ ބީ.އެސް.އެސް.އޭގެ ނައިބު ރައީސް (އިތުރު ހަރަކާތް) އިބްރާހިމް މިޝްއަލް މޫސާއެވެ. އަދި ބީ.އެސް.އެސް.އޭ ލީޑަރސް ގްރޫޕާއި ގުޅެން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުވެސް މި ސެޝަނުގައި ހުޅުވާލާފައިވެއެވެ.





