އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (ބީ.އެސް)އާ އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށްގެން ”ގާލާ ނައިޓް“ ބާއްވައިފިއެވެ.
ގާލާ ނައިޓަކީ ކޮންމެ ސެމިސްޓަރއަކުވެސް އަލަށް ގުޅޭ ދަރިވަރުން ޔުނިވަރސިޓީގެ މާހައުލަށް ހޭނުވުމަށް ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން ކުރިއަށް ގެންދާ މަޖާ އިވެންޓެކެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ މި ފެބުރުވަރީ މަހުގެ 10 ވީ ހުކުރު ދުވަހުގެރޭއެވެ.
މި އިވެންޓުގައި 50އަށް ވުރެ ގިނަ ދަރިވަރުންވަނީ ބައިވެރިވެފަ އެވެ. މިއީ މި ސެމިސްޓަރގައި ބީ.އެސް.އެސް.އޭ އިން އިންތިޒާމުކުރި ފުރަތަމަ ހަރަކާތެވެ.
މިއަހަރުގެ ފުރަތަމަ ގާލާ ނައިޓުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ”ޓްރެޝަރ ހަންޓް“ އާއި ”ޓިކް ޓެކް ޓޯ“ ގެ އިތުރުން ”މީ ކާކު“ ހިމެނެއެވެ.
މީގެ އިތުރުން އެންމެ ފަހު ހަރަކާތެއްގެ ގޮތުން ބޭއްވި އިތުރު “ ޓްރެޝަރ ހަންޓް“އެއްގައި މޮޅުވި ކުއްޖަކަށް ވަނީ މެރީ ބްރައުންއިން ކެއުންވެސް ދީފައެވެ.
ފެކަލްޓީ އާއި އަލަށް ގުޅުނު ދަރިވަރުންނަށް ގިނަ އިނާމުތަކެއް ލިބުނު މި ގާލާ ނައިޓުގެ ތެރެއިން ބީ.އެސް.އެސް.އޭގެ ލީޑަރސް ގްރޫޕާއި ގުޅެން ބޭނުންވާ ކުދިންނަށް އެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ. އެގޮތުން ޖުމުލަ 27 ކުދިން ވަނީ އަލަށް ބީ.އެސް.އެސް.އޭގެ ލީޑާސް ގްރޫޕާ ގުޅިފައެވެ.