އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން 2023 ވަނަ އަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު ކަމާއެކު ބާއްވައިފި އެވެ.
މިއީ އެމް.އެން.ޔޫ މާލޭގެ ހުރިހާ ފެކަލްޓީތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މޫވީ ނައިޓެކެވެ. 4 މާޗް ވީ ހޮނިހިރު ދުވަހު ބޭއްވި މޫވީ ނައިޓުގެ ޓިކެޓު ވިއްކާފައިވަނީ 15 ރުފިޔާ އަށެވެ.
މިއަހަރުގެ ފުރަތަމަ މޫވީ ނައިޓުގައި އަޅުވާފައި ވަނީ މިއަހަރު ނެރުނު ފިލްމެއް ކަމަށްވާ ”ޓީން ވުލްފް. ދަ މޫވީ“ އެވެ. މޫވީ ނައިޓް ކުރިއަށް ގެންގޮސްފައިވަނީ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގަ އެވެ.
ފިލްމު ބަލަން އައި ކުދިންނަށް ހާއްސަކޮށްގެން ބީ.އެސް.އެސް.އޭއިން ވަނީ ފުޑް ސްޓޯލެއް ހުޅުވާ ކާ އެއްޗެހި ވިއްކާފަ އެވެ. އެގޮތުން ސޮސެޖާއި ޕޮޕްކޯންގެ އިތުރުން ފެން ވިއްކާފައިވެ އެވެ.
މިއީ މިއަހަރުގެ ފުރަތަމަ ސެމިސްޓާގައި ބީ.އެސް.އެސް.އޭއިން ހިންގާ ހަރަކާތްތަކަށް ޚަރަދުތައް ބެލެހެއްޓުމަށް ބޭއްވުނު ފަންޑް ރެއިޒިންގް އިވެންޓެކެވެ. މީގެ އިތުރުން ކިޔެވުމުގެ މާހައުލުން އެކަހެރިވެ ދަރިވަރުންނަށް ހިތްހަމަ ޖައްސާލުމައްޓަކައި އެކުވެރިންނާއެކު ވަގުތުކޮޅެއް ހޯދައިދިނުމަކީވެސް މި އިވެންޓްގެ އެއް މަގުސަދެވެ.
މި އިވެންޓް އިންތިޒާމުކޮށް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ބީ.އެސް.އެސް.އޭގެ ހީވާގި ލީޑަރުންނެވެ. މޫވީ ނައިޓަށް ޓިކެޓު ވިއްކުމާއި ފުޑް ސްޓޯލަށް ކާ އެއްޗެހި ހެދުމުގައިވެސް ލީޑަރުން ކުރި މަސައްކަތް ބީ.އެސް.އެސް.އޭގެ ހިންގާ ކޮމިޓީގެ ފަރާތުން ފާހަގަ ކުރަމެވެ.
މިއަހަރުގެ ކުރިއަށް އޮތްތާވެސް އިތުރު މޫވީ ނައިޓުތައް ބޭއްވުމަށް ބީ.އެސް.އެސް.އޭއިން ވަނީ ރާވާފަ އެވެ.





