ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) މެނޭޖްމެންޓާ ބައްދަލުކޮށްފި އެވެ.
ބީ.އެސްގެ ސެމިނާ ރޫމްގައި މާރިޗު 20 ވަނަ ދުވަހު މެންދުރު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބީއެސްގެ ޑީން އަބްދުއްރަހްމާން މުބާރިކް އާއި ފެކަލްޓީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި އިދާރީ އިސް މުވައްޒަފުންވެސް ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުވުމުގައި ބީ.އެސް.އެސް.އޭގެ ފަރާތުން ވަނީ މިއަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ބީ.އެސްގެ މެނޭޖްމެންޓާ ހިއްސާކޮށްފަ އެވެ. އަދި ބީ.އެސްގެ މެނޭޖްމެންޓާއި ބީ.އެސް.އެސް.އޭއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެފަރާތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މިއަހަރަކީ ބީ.އެސްގެ މެނޭޖްމެންޓާ ގުޅިގެން ބީ.އެސް.އެސް.އޭއަށް ކާމިޔާބު އަހަރަކަށް ހެދޭނެ ކަމުގެ ޔަގީންކަން ބީ.އެސް.އެސް.އޭގެ ރައީސް އިބްރާހިމް މިޝްއަލް މޫސާ ވަނީ ފެކަލްޓީގެ މެނޭޖްމެންޓަށް ދީފަ އެވެ.
ބީ.އެސް.އެސް.އޭއިން ހިންގާ ހުރިހާ ހަރަކާތެއްގައިވެސް ބީ.އެސްގެ ޑީންއާއި މެނޭޖްމެންޓުގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބޭކަން ފާހަގަ ކުރެވެ އެވެ.
ބީ.އެސް.އެސް.އޭގެ އަމާޒަކީ ފެންވަރު ރަނގަޅު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ހަރުދަނާ އިސްވާރުންތަކެއް އުފެއްދުމެވެ.
ބީ.އެސް.އެސް.އޭއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ދަށުން އެމް.އެން.ޔޫ.ބީ.އެސް ގައި ގާއިމްކޮށްފައިވާ ގޮތްޕެވެ.





