މިއަހަރުގެ ދެވަނަ ސެމިސްޓަރގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.
މި އޮރިއެންޓޭޝަން ބާއްވާފައިވަނީ 9 އޯގަސްޓްވީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި، އެމް.އެން.ޔޫ. ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ. މި ސެޝަންގައި ބިޒްނަސް ސްކޫލްގެ ޑީން އަބްދުއްރަޙްމާން މުބާރިކް އަދި ލެކްޗަރަރ ނުހާ އިސްމާއިލްފުޅު ވަނީ ފެކަލްޓީއާ އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެ، ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ކޯސްތަކުގެ ކޯޑިނޭޓަރުންނާއި ދަރިވަރުން ބައްދަލުކުރުންވެސް އޮރިއެންޓޭޝަނަށްފަހު ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންގައި ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ ފަރާތުން ދަރިވަރުންނާ ވާހަކަދެއްކީ ބީ.އެސް.އެސް.އޭގެ ރައީސް އިބްރާހިމް މިޝްއަލް މޫސާއެވެ. އަދި ބީ.އެސް.އެސް.އޭ ލީޑަރސް ގްރޫޕާއި ގުޅެން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުވެސް މި ސެޝަނުގައި ހުޅުވާލާފައިވެއެވެ.





