ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަނާއި ތަރަހަ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ބީއެސްއެސްއޭ-ތަރަހަ ފުޓްސަލް މުބާރާތް ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ހިނގާ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ދެ ޑިވިޜަނަކަށް މި މުބާރާތް ކުރިއަށް ގެންދާއިރު، އަންހެން ޑިވިޝަނުގައި ތިން ޓީމު އަދި ފިރިހެން ޑިވިޝަނުގައި ނުވަ ޓީމު ވަނީ ބައިވެރިވެފައެވެ.
ބީއެސްއެސްއޭ އާއި ތަރަހައިގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ ކުޅިވަރު ހުނަރު އާލާކޮށް ފައްކާކޮށްދިނުމުގެ މަންސައެއް ފަހިކޮށްދިނުމެވެ.
މި ފަހަރުގެ މުބާރާތް އެފްއޭއެމް ޓާފްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ބީ.އެސް.އެސް.އޭ އަދި ތަރަހަ އިން މިއަހަރު ހިންގާ އެންމެ ބޮޑު ހަރަކާތެވެ.
ބީއެސްއެސްއޭ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައި ގާއިމުކުރެވިފައިވާ ގޮތްޕެވެ. އަދި ތަރަހަ އަކީ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގައި ގާއިމުކުރެވިފައިވާ ގޮތްޕެވެ.





