ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ މަދަހަ ޗެލެންޖު ފަށައިފި އެވެ.
ކޮންމެ ރަމަޟާން މަހަކު ސިލްސިލާކޮށް ބީ.އެސް.އެސް.އޭ އިން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ 8 ދުވަހުން މަދަހަ ޗެލެންޖެއް ފޭސްބުކުގައި ހިއްސާކުރެވިގެންދާނެއެވެ.
މި ޗެލެންޖުގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕަބްލިކް ވީޑިއޯއެއްގެ ގޮތުގައި ފޭސްބުކަށް މަދަހަ އަޕްލޯޑު ކުރުމަށްފަހު، ޗެލެންޖުގެ ހޭޝްޓެގު ވީޑިއޯގެ ކެޕްޝަނުގައި ހިމަނަންވާނެއެވެ. މި ޗެލެންޖާގުޅޭ އިތުރު މަޢުލޫމާތު ބީ.އެސް.އެސް.އޭގެ ޕޭޖުން ލިބޭނެއެވެ.
ބީ.އެސް.އެސް.އޭ މަދަހަ ޗެލެންޖުން ވަނަވަނައަށް ދާ ފަރާތްތައް ރޯދަމަހަށްފަހު އިޢުލާންކުރެވޭނެއެވެ.
ބީ.އެސް.އެސް.އޭ މަދަހަ ޗެލެންޖަކީ އާއްމުންނާއި ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ.





