ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސޯސިއޭޝަން (ބީއެސް.އެސް.އޭ) ގެ ލީޑަރސް ގްރޫޕާއި އަލަށް ގުޅުނު ދަރިވަރުންނަށް ޚާއްސަކޮށްގެން ބީ.އެސް.އެސް.އޭ އިން ދަތުރެއް ގޮސްފިއެވެ.
އެހެން އަހަރުތަކާއި ތަފާތުކޮށްލުމުގެ ގޮތުން މިފަހަރު ދަތުރު ގޮސްފައިވަނީ ވިލިމާލޭގެ ބަދަލުގައި ހުޅުމާލެ ބީޗަށެވެ. މި ދަތުރުގެ މައިގަނޑު މަގުސަދަކީ ލީޑަރސް ގުރޫޕަށް އަލަށް ގުޅުނު ލީޑަރުންނާއި މިހާރުވެސް ބީ.އެސް.އެސް.އޭގެ ހަރަކާތްތެރިވާ ލީޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. އަދި އަލަށް ގުޅުނު ދަރިވަރުންނަށް އެކުވެރި މާޖާ މާހައުލެއް ގާއިމުކޮށްދިނުމެވެ.
23 އޮގަސްޓް ވީ ހުކުރު ދުވަހު ހެނދުނު މިދަތުރު ފެށުނީ ހުރިހާ ބައިވެރިން އެއްކޮށް ހެނދުނުގެ ސައި ބޮއެގެންނެވެ. ދަތުރުގައި ތަފާތު ގިނަ ކުޅިވަރުތައް ކުޅެވިގެން ދިޔައެވެ. އެގޮތުން ފޮތިވޮލީއާއި ފައިގަތަޅާގެ އިތުރުން އެކަކު އަނެކަކު ދަސްކުރުމާއި ގުޅުން ހުރި މަޖާ އެކުވެރިކަން އާލާވާނެ ފަދަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ދަތުރުގެ ތެރޭގައި އަލަށް ގުޅުނު ލީޑަރސްއާއި ކުރިން ހަރަކާތްތެރި ވަމުން އައި ލީޑަރސްގެ މެދުގައި ރަނގަޅު ގުޅުމެއް ބިނާކުރެވުނެވެ. އަދި އަލަށް ގުލުނު ލީޑާސްގެ ބައިވެރިވުން ކުރިއަށްއޮތް ހަރަކާތްތަކުގައި ލިބިގެންދާނެކަމުގެ އުއްމީދު އައުވެގެން ދިޔައެވެ.
ބީ.އެސް.އެސް.އޭއިން ކޮންމެ ސެމިސްޓާއެއްގައިވެސް އަލަށް ގުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން ދަތުރު ދެއެވެ. މިއީ މިއަހަރު ދިޔަ ދެވަނަ ދަތުރެވެ. ބީ.އެސް.އެސް.އޭގެ އަމާޒަކީ އަލަށް ގުޅުނު ލީޑަރުންނާއިއެކު މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ގިނަ ކާމިޔާބީތަކެއް ހޯދައި އެކީގައި މަސައްކަތް ކުރުމެވެ. އަލަށް ގުޅުނު ލީޑަރުން ގިނަ ހަރަކާތްތަކުން ފެނުމަކީ ބީއެސް.އެސް.އޭ ގެ އުންމީދެކެވެ.





