Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ގޮފިތައް ބީ.އެސް.އެސް.އޭ

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

ބީ.އެސް.އެސް.އޭ by ބީ.އެސް.އެސް.އޭ
2026-04-13
in ބީ.އެސް.އެސް.އޭ

ބީއެސްއެސްއޭއިން ވަރަށް ކާމިޔާބު ކަމާއިއެކު މިއަހަރު ރޯދަމަހަށް ރާވައިފައިވާ ހަރަކާތްތައް ނިންމާލައިފިއެވެ. މިގޮތުން، މިރޯދަމަހުގައި ބީއެސްއެސްއޭއިން ވަނީ އެމްއެންޔޫއެސްޔޫ ބީއެސްއެސްއޭ ފީފާ މުބާރާތް، ބީއެސްއެސްއޭ ބޮޑު ރޯދަވީއްލުން، ބީއެސްއެސްއޭ އިފްތަރު ޕެކް ބެހުމުގެ ޕްރޮގްރާމް، އެކްސެލް ތަމްރީނު ޕްރޮގްރާމް އަދި ބީއެސްއެސްއޭ ސްޓޫޑިއޯ ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ބީއެސްއެސްއޭއިން ވަނީ އެމްއެންޔޫއެސްޔޫ ބީއެސްއެސްއޭ ފީފާ މުބާރާތެއް ވަރައް ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. އެމްއެންޔޫގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ގްރޫޕް ބައިގައި އަދި ސޯލޯ ބައިގައިވެސް ގިނަ ދަރިވަރުންގެ ތަރުހީބެއް ލިބިގެންދިޔައެވެ. 26 ފެބްރުއަރީ އިން 02 މާރޗުގެ ނިޔަލަށް ކުރިޔަށް ގެންދެވުނު މި މުބާރާތުގެ މަޤްޞަދަކީ ހުރިހާ ފެކަލްޓީއެއްގެ ދަރިވަރުން ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެއިތުރުން، ބީއެސްއެސްއޭއިން މިއަހަރުވެސް ބޮޑު ރޯދަ ވީއްލުމެއް، މާރޗް 03ވީ އަންގާރަ ދުވަހު ބާއްވައިފިއެވެ. މިފަދަ ޙަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ކުދިންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމެވެ. މިއަހަރު އެމްއެންޔޫބީއެސްގެ ފަރާތުން މުޅި ޖުމްލަ 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފައި ވެއެވެ. އަދި ހަމަ އެހެންމެ ދަރިވަރުންގެ ޔޫނިއަންއަށް ދެވުނު ދަޢުވަތު ޤަބޫލުކުރައްވާ ޔޫނިއަންގެ ހިންގާ ކޮމިޓީއިންވެސް ވަނީ މި ރޯދަވީއްލުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، ދަރިވަރުންގެ ޔޫނިއަންގެ މާލެ ކެމްޕަސްތަކުގެ ގޮފިތަކަށް ދެވުނު ދަޢުވަތު ޤަބޫލުކުރައްވާ، މި ގޮފިތަކުގެ ހިންގާ ކޮމެޓީތަކުގެ ބައެއް ދަރިވަރުންވެސް ވަނީ މި ރޯދަވީއްލުމުގައި ބައިވެރިވެފައެވެ. ދަރިވަރުންގެ އިތުރުން، މި ރޯދަ ވީއްލުމުގައި، އެމްއެންޔޫބީއެސްގެ ޑީން އާއިޝަތު ޝާހީން އަދި ބައެއް މުދައްރިސުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މަޖާ އުފާވެރި މާޙައުލެއްގައި ހުރިހާ ކުދިންވެސް ރޯދަވީއްލުން ނިންމާލިއިރު މިކަމުގައި ބީއެސްއެސްއޭގެ އިސްވާރުންގެ ފަރާތުންވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައެވެ. އެގޮތުން ކާބޯތަކެތީގެ ކަންކަމުގައި ވެދެއްވި އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

ބީއެސްއެސްއޭއިން ވަނީ ނިމިގެން ދިޔަ ރޯދަމަހުގައި ވެސް އިފްތަރު ޕެކް ބެހުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓް ކުރިއަށް ގެންދެވުނީ މިދިޔަ އަހަރާއި ޙިލާފަށް 4 ދުވަހަކަށް ބަހާލައިގެންނެވެ. ރޯދަމަހުގެ 3 ދުވަހެއްގައި ބީއެސްއެސްއޭގެ ފަރާތުން ދުވާލަކު 25 ފަރާތަކަށް ވަނީ އިފްތާރް ޕެކް ދެވިފައެވެ. އެންމެ ފަހު ދުވަހު ބީއެސްއެސްއޭއިން ވަނީ ހުޅުމާލެ ކުޑަކުދިންގެ ހިޔާއާއި ގުޅިގެން، އެހިޔާގައި އުޅޭ 30އަށް ވުރެ ގިނަ ކުދިންނަށް ތަރާވީސްދަމެއް ތައްޔާރު ކޮށްފައެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ބީއެސްއެސްއޭގެ ފަރާތުން އެކިއެކި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިފަދަ ކަންކަމުގައި ވަރަށް ގިނަ އިސްވާރުންގެ ފަރާތުން ތަރުހީބު ލިބިފައިވާކަންވެސް އުފަލާއިއެކު ފާހަގަކުރަމެވެ.

މިދެންނެވި އިވެންޓްތަކުގެ އިތުރަށް ބީއެސްއެސްއޭއިން ދަރިވަރުންގެ ޢިލްމީ އަދި ފަންނީ ހުނަރުތައް ތަރައްގީކުރުމުގެ މަޤްސަދުގައި 5 މާރިޗު 2026 ގައި އެކްސެލް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ސެޝަން ނަގައިދެއްވީ އިބްރާހީމް ޣާނިމް ޝާހިދުއެވެ. މި ވޯކްޝޮޕްގައި މައިކްރޯސޮފްޓް އެކްސެލްގެ އަސާސީ ބައިތަކުގެ އިތުރުން ޢަމަލީ ގޮތުން އެކްސެލް ބޭނުންކުރާނެ ގޮތްތަކަށް އަލިއަޅުވާލާފައިވެއެވެ. މި ވޯކްޝޮޕް ފެށުމުގެ ގޮތުން އެކްސެލް އަކީ މައުލޫމާތު ބެލެހެއްޓުމަށާއި ތަޙުލީލު ކުރުމަށް ބޭނުންކުރެވޭނެ ވަރުގަދަ ވަސީލަތެއްކަން ދަރިވަރުންނަށް ކިޔައިދިނެވެ. ވަކިން ޚާއްސަކޮށް، ކިޔެވުމުގެ ކަންކަމުގައާއި، އެސައިންމަންޓްތަކާއި ދިރާސާތަކަށް ބޭނުންވާ މަޢުލޫމާތު ތަރުތީބުކޮށް ބެލެހެއްޓުމުގައި އެކްސެލްގެ ބޭނުން ހިފިދާނެ ގޮތްތަކުގެ މައްޗަށް ބައިވެރިންގެ ސަމާލުކަން ގެނުވިއެވެ. މީގެ އިތުރުން، ތާވަލުތައް އުފައްދާނެ ގޮތާއި، މައުލޫމާތުތައް ސާފުކޮށް ފަސޭހައިން ބޭނުންކުރެވޭނެހެން އެ ތާވަލުތައް ބަދަލުކޮށް ތަރުތީބުކުރާނެ އުކުޅުތައް މި ސެޝަންގައި ދަސްކޮށްދީފައިވެއެވެ. ރިޕޯޓްތަކާއި ޑޭޝްބޯޑްތައް ތައްޔާރުކުރުމުގައި، ރަނގަޅަށް ބައްޓަންކުރެވިފައިވާ ތާވަލުތަކުގެ މުހިންމުކަން ޓްރެއިނަރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މަސައްކަތުގެ ހަލުވިކަން އިތުރުކުރުމަށްޓަކައި ކީބޯޑް ޝޯޓްކަޓްތަކުގެ ބޭނުން ހިފާނެ ގޮތްތަކަށްވެސް މި ވޯކްޝޮޕްގައި ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމުގައި އެކްސެލްގެ ފޯމެޓިންގ އިޚްތިޔާރުތަކަށް އަލިއަޅުވާލެވުނެވެ. ޖުމްލަގޮތެއްގައި، މި ވޯކްޝޮޕުގެ ސަބަބުން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާއާއި ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދިޔައެވެ. މީގެ ސަބަބުން ތަޢުލީމީ ދާއިރާއާއި ވަޒީފާގެ މައިދާނުގައި ނުހަނު ބޭނުންތެރި އެކްސެލްގެ ހުނަރުތަކުން ދަރިވަރުން މުއްސަނދިވެގެންދިޔައެވެ. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ވަޒީފާގެ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމަށް އެމް.އެން.ޔޫ.ބީ.އެސް އިން މެދުކެނޑުމެއްނެތް ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ ތަމްރީނެކެވެ.

މީގެއިތުރުން، މިއަހަރުވެސް ބީއެސްއެސްއޭ ސްޓޫޑިއޯގެ 4 އެޕިސޯޑު ނެރެފައިވެއެވެ. މި ޕްރޮގްރާމްގެ ހުރިހާ އެޕިސޯޑްތައް ވަނީ، ބީއެސްއެސްއޭގެ ހުރިހާ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ. ފުރަތަމަ ޕްރޮގްރާމްގެ ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވީ ބީއެސްއެސްއޭގެ ރައީސް ރުޝްދާން،  ބީއެސްއެސްއޭގެ ނައިބު ރައީސް (އިތުރު ހަރަކާތް) އަޔާން އަދި ބީއެސްއެސްއޭގެ ހަޒާންދާރު އަހުމަދުﷲއެވެ. ދެވަނަ އެޕިސޯޑުގެ ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވީ ބީއެސްއެސްއޭއަށް އަލަށް ގުޅުނު 2 އިސްވާރުން ކަމަށްވާ އިޔާދް އަދި އުނާޝްއެވެ. ތިންވަނަ އެޕިސޯޑުގެ ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވީ ކުރީގެ ބީއެސްއެސްއޭގެ ރައީސް އަދި ކުރީގެ އެމްއެންޔޫއެސްޔޫ ބޮޑުބެރު ގްރޫޕްގެ މެނޭޖަރ ޔާސިރް އަދި ކުރީގެ އެމްއެންޔޫއެސްޔޫގެ 13ވަނަ ދައުރުގެ ނައިބު ރައީސް (ގޮފިތައް) ޣާނިމްއެވެ. ހަތަރުވަނަ އެޕިސޯޑުގެ ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވީ އެމްއެންޔޫއެސްޔޫގެ 9 ވަނަ ދައުރުގެ ރައީސް ޝަހުނީޒް އަދި އެމްއެންޔޫއެސްޔޫގެ 12 ވަނަ ދައުރުގެ ރައީސް އަދި 14 ވަނަ ދައުރުގެ އެޑްވައިޒަރީ ބޯރޑް މެމްބާރ ޖައިޝްއެވެ. މި އަހަރުގެ އެޕިސޯޑުތައް އެކުލެވިގެންވަނީ ޚާއްޞަ މެހެމާނުންގެ އިންޓަރވިއުއަކާއި 2 ގޭމް ސެގްމެންޓެކެވެ.

މި ހުރިހާ އިވެންޓްއަކަށްވެސް ބީއެސްއެސްއޭގެ އިސްވާރުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުން އުފަލާއިއެކު ފާހަގަ ކުރަމެވެ. އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިއަށްވުރެ ފުރިހަމަ އަށް ވަރަށް ފުޅާކޮށް ބީއެސްއެސްއޭގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ. އަދި މިއަހަރަށް ވުރެ އަންނަ އަހަރު ގިނަ ކުދިން ތަކެއްގެ ފަރާތުން އެއްބާރުލުން ލިބުމެވެ.

ބީ.އެސް.އެސް.އޭ

ބީ.އެސް.އެސް.އޭ

ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab