އެމް އެން ޔޫ ހިތަދޫ ކެމްޕަހުގެ ސްޓޫޑެންޓް ޔޫނިއަން އާއި ހަމަ އެކެމްޕަހުގެ ސްކޫލް އޮފް ނަރސިންގ ގުޅިގެން މޭއި މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ސާފުކޮށް ފައިވަނީ ގައުކެނޑި ސަރަހައްދެވެ. މިގޮތުން މިސަރަހައްދުގެ ވަރަސް ބޮޑު ބައެއް ދަރިވަރުން ވަނީ ސާފޮކޮށްފައެވެ.
ހަވީރު 16:00 އިން 17:30 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ސާޅީހަކަށް ކުދިން ބައިވެރިވެ، 25 ޑަސްބިން ކޮތަޅުގެ ކުނި އެސަރަހައްދުން ވަނީ އެއްކޮށްފައެެވެ. އެއްކުރެވުނު ކުނި އެސަރައްދުން ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދިނީ ވެމްކޯގެ ފަރާތުންނެވެ. އަދި އެ ސަރަހައްދަށް ދަރިވަރުން ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނީ އެމްއެންޑީއެފް ގެ ފަރާތުންނެވެ.