ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ގާއިމު ކުރެވިފައިވާ ގޮފި ދޮންދީނިގެ ފަރާތުން އާތު އަވަރ ކުލަދަގަކޮށް ފާހަގަ ކޮށްފިއެވެ.
23 މާރިޗް ވީ ހޮނިހިރު ދުވަހުގެ ރޭ މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހިތަދޫ ކެމްޕަސްގައެވެ. ދޮންދީނިގެ އިސްނެގުމުގެ ގޮތުން އިންތިޒާމު ކުރެވުނު މި ހަރަކާތުގައި އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން މުޅި ކެމްޕަސް ވަނީ އެއްކޮށް ނިންވާލައި އުއްބައްތި އަލިން ދިއްލާލައިފައެވެ.
މިއީ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށާއި، މިފަދަ މުނާސަބަތެއްގައި އެންމެން އެއްކޮށް ބައްދަލުވެ، ތިމާވެއްޓާއި ރައްޓެހި އާދަތައް އަށަގެންނެވުމަށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
މިހަރަކާތުގައި ހިތަދޫ ކެމްޕަސްގެ މެނޭޖަރ، ގެ އިތުރުން އޮފީސް ސްޓާފުންނާއި، ދޮންދީނިގެ ހިންގާ ކޮމެޓީގެ މެމްބަރުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ދޮންދީނިގެ އަމާޒަކީ މިފަދަ ގިނަ ހަރަކާތްތައް މިއަހަރު ތެރޭގައި ކުރިއަށް ގެންދިޔުމެވެ.