ހިތަދޫ ކެމްޕަސްގައި ގާއިމު ކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ ގޮފި ދޮންދީނި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގައި ގާއިމު ކުރެވިފައިވާ ގޮފި ތަރަހަ ގުޅިގެން ”އެމް.އެން.ޔޫ.އެސް.ޔޫ ފުޑް ޑްރައިވް“ ނަމުގައި ކުރިއަށް ގެންދިޔަ ޙަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތުގެ މަޤްސަދަކީ އައްޑޫގައި އެހީތެރިކަމަށް ބޭނުން ވެފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމެވެ. ހަރަކާތުގެ އަމާޒު ވަނީ އެންމެ ފުރިހަމަޔަށްވެސް ހާސިލު ކުރެވިފައިއެވެ. އޭގެ އިތުރުން ނޫރުލްއިސްލާމް ޖަމިއްޔާ އިން ފޯރުކޮއްދެއްވި އެހީތެރިކަމަކީ މި ހަރަކާތައް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެކެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ 20 މާރިޗުން ފެށިގެން 13 އޭޕްރީލުގެ ނިޔަލަށެވެ. މި ހަރަކާތުގެ ތެރެއިން އައްޑޫގައި އެހީތެރިކަމަށް ބޭނުން ވެފައިވާ 47 އާއިލާއަކަށް ވަނީ ކާބޯތަކެތީގެ ޕެކޭޖުތައް ހަދިޔާކޮށްފައެވެ.
މިއީ މިފަދަ ހަރަކާތެއް އަތޮޅުތެރޭގެ ކެމްޕަހެއްގެ ގޮތްޕަކާއި މާލޭގައި ގާއިމްކުރެވިފައަވާ ގޮތްޕަކާއި ގުޅިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ހަރަކާތައް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލައި، ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު އެއް ފަހަރު މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ދެ ގޮފީގެ ހިންގާ ކޮމެޓީގެ މެމްބަރުން ވަނީ ނިންމާފައެވެ.






