ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އިން އިންތިޒާމް ކޮއްގެން ބޭއްވި ބީ.އެސް ނައިޓްގައި ފެސާ އިން ބައިވެރިވެއްޖެއެވެ. 13 އޮކްޓޯބަރ 2018 ވަނަ ދުވަހުގެރޭގެ 20:00 ގައި ބޭޢްވުނު ތާރީޚީ ނައިޓަކީ ބިޒްނަސް ސްކޫލުގެ 27 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވުނު ހަރަކާތެކެވެ.ފެސާ އަށް ލިބުނު ދައުވަތު ގަބޫލުކޮށް ބީ.އެސް ނައިޓްގައި އައިޓަމް ހުށައަޅައިދީފައިވަނީ ފެސާގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި އަދި ހިންގާ ކޮމިޓީއަށް ލަފާއަރުވާ ކޮމިޓީގެ މެމްބަރުންނެވެ.
ވިއްސާރަދުނީގެ ކުލަތަށް ސިފަވާގޮތަށް ތަން ޒީނަތްތެރި ކުރެިވައިވާއިރު މިހަރަކާތަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދިނީ ދަރިވަރުންގެ ހުނަރުވެރި ހަރަކާތްތަކުންނެވެ.ބިޒްނަސް ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޙާއްސަ ކޭކު ފެޅުން ވެގެންދިޔައީ މިހަރަކާތް އިތުރަށް ފުރިހަމަވެގެން ދިޔަކަމަކަށެވެ.ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމުގެ އިތުރުން ދަރިވަރުންގެ ހުނަރު ފެނިގެން ދިޔަ މި ހަރަކާތް ނިންމާލާފައިވަނީ ވަރަށް ވެސް އެކުވެރި މާހައުލެއްގައެވެ.