އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް
ފިއެސްޓާ 2019އާ ދިމާކޮށް ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން
(ފެސާ)އާއި ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ޝެޓްސް) ގުޅިގެން
”ފުޑް ފިއެސްޓާ“ގެ ނަމުގައި ފަންޑް ރެއިޒިންގ ހަރަކާތެއް
ބާއްވައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ފެށި މިހަރަކާތް ވަނީ މުބާރާތުގެ ކުއާޓަރ
ފައިނަލްގެ މެޗުތައް ނިމުމާ ހަމައަށް ކުރިއަށް ގެންގޮސްފައެވެ. ސެމީފައިނަލާއި ފައިނަލްގައި
ހަރަކާތް ކުރިއަށް ގެންގޮސްފައި ނުވަނީ އެމްއެންޔޫގެ ޓީމުތަކަށް ސަޕޯޓު
ކުރުމަށްޓަކައި ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.
ކާމިޔާބުކަމާއެކު ފުޑް ފިއެސްޓާ ނިމްމާލާފައިވާއިރު މި ފުޑް ފިއެސްޓާއަށް ބޮޑު ތަރުހީބެއް ލިބުނެވެ. ފުޑް ފިއެސްޓާއިން ގަންނަން ލިބުނު ބައެއް ތަކެތީގެ ތެރޭގައި ސޮސެޖް، ކޯރން، ޕޮޕްކޯރން އަދި ތަފާތު ވައްތަރުގެ ބުއިންތައްވެސް ހިމެނެއެވެ.
މި ހަރަކާތަކީ ފެސާއާއި ޝެޓްސް ގުޅިގެން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ. ފެސާގެ އުންމީދަކީ މިފަދަ ގިނަ ހަރަކާތްތައް ޝެޓްސްއާއެކު ހިންގުމެވެ. މި ހަރަކާތް ފުރިހަމަކޮށްދިނުމަށް ޝެޓްސްގެ ފަރާތުން ލިބުނު އެހީތެރިކަމަށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
ލިޔުނީ: އިބްރާހިމް އުމަރު،
މީޑިއާ ކޯރޑިނޭޓަރ، ފެސާ