Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Home ގޮފިތައް ފެސާ

ޤައުމީ ދުވަސް، ލިބިގަންނަން ޖެހޭ ފިލާވަޅުތައް!

ފެސާ by ފެސާ
2020-03-20
in ފެސާ, ގޮފިތަކުގެ ރިޕޯޓްތައް
ޤައުމީ ދުވަސް، ލިބިގަންނަން ޖެހޭ ފިލާވަޅުތައް!

ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ކަލަންޑަރުގައި ރަތް ދެލިން ފެވި، ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި އެއްވުން ތަކާއި ޖަލްސާތައް އެދުވަހެއްގައި ބޭއްވުމުގެ މަޤުސަދު އެނގިވަޑައިގަންނަވާތޯއެވެ؟ ޤައުމީ ދުވަހުގެ ނަމުގައި ޤައުމީ ޝިއާރު ތަކާއި ފޮޓޯ ތައް މީސްމީޑިއާގައި ހިއްސާ ކުރަމުންދާއިރު އެދުވަހާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވަނީ ކިހާވަރަކަށްތޯއެވެ؟ އަދި އެދުވަހުން އަޅުގަނޑުމެން ލިބިގަންނަން ޖެހޭ އިބުރަތްތެރި ފިލާވަޅުތަކަކީ ކޮބައިކަން އެނގިވަޑައިގަންނަވަނީ ކިހާވަރަކަށް ތޯއެވެ؟

ހިޖުރީ ސަނަތުން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެކެއް ވިލުނުރެއަކީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންނާއި ހަނގުރާމަކޮށް އެމީހުންގެ އަނިޔާވެރި ވަކިތަކުގެ ދަށުން ދިވެހި ވަތަން ސަލާމަތްކޮށް ދިވެހިންނަށް މިނިވަންކަން ހޯދައިދިން ރެއެވެ. ޕޯޗުގީޒުން ވަނީ އަލިރަސްގެފާނު ޝަހީދުކޮއްލުމަށްފަހު، 15 އަހަރާއި 6 މަސްދުވަހު އިސްތިއުމާރީ ވެރިކަމެއް މި ފަސްގަނޑުގައި ދަމަހައްޓައިފައެވެ. އެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ދިވެހި ތާރީޚް ލިޔުންތެރިން ސިފަކޮށްދީފައިވަނީ ”ދިވެހިންގެ ކަނޑުތައް ދިވެހީންގެ ލެއިން ރަތް ވެގެން ދިޔަ ދުވަސްވަރު“ ގެ ގޮތުގައެވެ. މި އަނިޔާ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ ތިލަދުންމަތީ އުތުރުބުރީ އުތީމު ހުސައިން ޚަތީބު ތަކުރުފާނުގެ ތިން ބެއިން ކަމަށްވާ މުޙައްމަދު ތަކުރުފާނާއި ހަސަން ތަކުރުފާނާއި އަލީ ތަކުރުފާނު ފެއްޓެވި ޖިހާދެވެ. އެހެންކަމުން ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ކޮންމެ އަހަރެއްގެވެސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެމުން އަންނަނީ ދިވެހީންނަށް ޕޯޗުގީޒުންގެ އަތަދަށުން ނަސްރާ ފަތަޙަ ލިބުން ހާދިސާގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ. މި މަތިވެރި ޖިހާދުން މިއަދުގެ ދިވެހީން ލިބިގަންނަން ޖެހޭ ފިލާވަޅުތައް ބައިވަރެވެ.

      ޤައުމެއްގެ ގައުމިއްޔާތުގެ އޮޑީގެ މާލިމީންނަކީ އެ ޤައުމެއްގެ ޒުވާނުންނެވެ. އެހެން ކަމުން ޒުވާނުން ވާންޖެހޭނީ ޤައުމުގެ ނަވުގެ ހުންގާނުގައި ހިފުމުގެ ކުޅަދާނަކަމާ ހަރުދަނާކަން ލިބިގެން ވާ ބަޔަކަށެވެ. ނައު ކޮޅިގަނޑެއްގެ ދަށު ވެއްޖެނަމަ ބޮޑުތަކުރުފާނުފަދަ ހިތްވަރުގަދަ ބަތަލުންގެ ފިލާވަޅު ތަކުން އިބުރަތް ލިބިގަނެ ނެވިކަން ކުރަން ދަންނަ ބަޔަކަށް ވާން ޖެހެއެވެ. އެ ތަކުރުފާނުގެ އަމިއްލަ ރަށާއި އަނބިމީހާއާއި ތުއްޕުޅު ދެ ދަރިން ދޫކުރައްވައި ނިކުންނެވީ ވަތަނާއި ދީނުގެ ދިފާއުގައި އައްޑަނަ އަކަށް މޭފުޅު ދިއްކޮއްލައިގެންނެވެ. ފުރާނަ ފުޅު އަތްމައްޗަށް ލައިގެން ކަނޑި ބަޑިއާ ލޮންސި ތަކުގެ ކުރިމައްޗަށް ނުކުންނެވީ ނުގުޑާ ފަދަ ވަތަނީ ރޫޙެއްގައެވެ. އަނބިދަރީންނާއި އަމިއްލަ ފުރާނަ ﷲ އަށް ވަކީލު ކޮށް ވަތަނުގެ ދިފާއުގައި އެތަކުރުފާނު ނުކުތް ނުކުތުމަކީވެސް މިއަދުގެ ޒުވާނުން އެއިން އެތައްބައިވަރު ފިލާވަޅު ތަކެއް ލިބިގަންނަން ވީ ކަމެއްނޫންތޯއެވެ؟ މިކަމުން ފިލާވަޅު ލިބިގަނެ  ދިމާވާ ކޮޅިގަނޑުތަކުން ނައު ސަލާމަތް ކުރަން ދަންނަ ބަޔަކަށް ދިވެހި ޒުވާނުން ވާން ޖެހެއެވެ!

      ދިވެހި ތާރީޚުގެ ސަފްޙާ ތަކަށް ނަޒަރު ހިންގާލާއިރު މި ދީބުގެ ސަލާމަތައް ނުރައްކާ ވާފަދަ ކޮންމެ ހާދިޘާއެއްގެ ފަހަތުގައިވެސް ދިވެހި ޙާއިނުންތަކެއްގެ މަކަރުވެރި އަތްތަކެއް ވެއެވެ. ޕޯޗުގީޒުންގެ އަތްދަށަށްވެސް ދިވެހިރާއްޖެ ދިއުމުގައި މިފަދަ ޚާއިނުންތަކެއްގެ އަތްތަކެއް ވެއެވެ. އެގޮތުން 1550 ގެ އަހަރުތަކުގެ ތެރޭގައި ރަސްކަމުގެ ކޮއިލުތެރޭގައި އުފެދުނު ވެރިކަމުގެ ކޯޅުމެއްގެ ސަބަބުން ސުލްތާން ހަސަން، ދީން ދޫކުރައްވައި އިންޑިއާގެ ގޯއާ އަށްގޮސް ނަސާރާދީނަށް ވަނުމަށްފަހު އެތަނުގައި ހުންނަވައިގެން ޕޯޗުގީޒުންގެ އެހީ ހޯދައި ރާއްޖޭގެ ރަސްކަން އަލުން ހޯދުމަށް ޕޯޗުގީޒު ޤުރާބުތައް ފޮނުވައި އެކަން ކާމިޔާބު ކުރިއެވެ. މި ހާދިސާއިން އަޅުގަނޑުމެން ފިލާވަޅު ލިބިގަނެ މިފަދަ ޚާއިނުންގެ ސުންޕާ ކަން ދިވެހި ވަތަނަށް ކުރިމަތި ނުވާނޭ ފަދަ ފިޔަވަޅުތައް އަޅަން ޖެހެއެވެ. ޤައުމިއްޔަތާއި މިނިވަން ކަމުގެ އަގު ވަޒަން ކޮށް ޤައުމީ ރޫހު އެންމެހައި ދިވެހިންގެ ހިތްތަކުގައި އާލާކުރަން ޖެހެއެވެ.

މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޤައުމީދުވަސް ފާހަގަ ކުރަމުންދާއިރު އެދުވަހާ ބެހޭ މައުޟޫމާތު ތަކާއި މިފަދަ ފިޅާވަޅުތަކުން އިބުރަތް ލިބިގަންނަން ދަންނަ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހެއެވެ. ބޮޑުތަކުރުފާނުގެ ޖިހާދާއި އިބުރަތްތެރި ފިލާވަޅު ތަކުގެ ޒިކުރާ އާކުރަން ޖެހޭ ބަޔަކީ ހަމައެކަނި ދިވެހި ބަހާއި ތާކީޚަށް ޚިދުމަތް ކުރާ މަރުކަޒު ކަމުގައި ނުހައްދަވަމުތޯއެވެ؟ މިފަދަ ދުވަހެއް ފާހަގަ ކުރަމުން ދާއިރު މިއަދު އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ބަހާތަކަށް ކާފަ ކިޔަމުންދާ ދަރިން ކަމުގައިވާ ރިޝްވަތާއި ކޮރަޕްޝަން އަށް ނޫނެކޭ ބުނަން ޖެހެއެވެ. އަދި ޒުވާނުންނާއި އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ޤައުމީ ރޫޙޫ އާލާކުރަން ޖެހެއެވެ. އަޅުގަނޑުމެން އެންމެންނަކީ ޤައުމު ހާލުގެ ދުލުން ގޮވާ ކޮންމެ ގޮވައިލުމަކަށް ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހައި އިޖާބަ ދޭ ބަޔަކަށް ވަމާތޯއެވެ!


ލިޔުނީ: އަލީ އާރިފް
ދަރިވަރެއް، ފެކަލްޓީ އޮފް އެޑިއުކޭޝަން

ފެސާ

ފެސާ

އެމް.އެން.ޔޫ ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އަތޮޅުތެރޭ ކެމްޕަސްތަކުގައި ޤާއިމްކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ  ގޮފިތަކުގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

އަތޮޅުތެރޭ ކެމްޕަސްތަކުގައި ޤާއިމްކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

2021-02-27
އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ އިންތިޚާބާ ބެހޭ

އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ އިންތިޚާބާ ބެހޭ

2021-02-20
އަތޮޅުތެރޭ ކެމްޕަސްތަކުގައި ޤާއިމްކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ  ގޮފިތަކުގެ ހިނގާ ކޮމެޓީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

އަތޮޅުތެރޭ ކެމްޕަސްތަކުގައި ޤާއިމްކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

2021-02-19
މާލޭ ކެމްޕަސް ގޮފިތަކުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި

މާލޭ ކެމްޕަސް ގޮފިތަކުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި

2021-02-16
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މާލޭ  ކެމްޕަހުގެ ގޮފިތަކުގެ އިންތިޚާބާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ އިންތިޚާބާ ގުޅޭ

2021-02-19
MNUSU-IUL/2021/03

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ހިންގާ ކޮމިޓީ އިންތިޚާބާ ގުޅޭ

2021-02-13
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab