ފެސާގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޫވީ ނައިޓް ބާއްވައިފައިވަނީ 20 އޮގަސްޓު ވީ ހޮނިހިރު ދުވަހުގެރެޔެވެ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ އޮޑިޓޯރިއަމްގައެވެ.
މޫވީ ނައިޓް ގައި އަޅުވާފައިވަނީ ”ގޮންޖިއަމް ހޯންޓެޑް އެސައިލަމް“ އެވެ. މި މޫވީ ނައިޓްއަށް ގިނަ އަދަދެއްގެ ދަރިވަރުން އައިސްފައިވެއެވެ. މޫވީ ނައިޓްއާމެދު ހުރިހާ ދަރިވަރުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.
މޫވީ ނައިޓްގެ ޓިކެޓް ވިއްކާފައިވަނީ 10 ރުފިޔާއަށެވެ. ޓިކެޓު އޮންލައިކޮށްވެސް ވިއްކުން ވެގެންދިޔައީ ލިބުނު ފަސޭހައެކެވެ. މޫވީ އަޅުވާފައި ހުރި ގަޑީ އައި ކުދިންނަށްވެސް ވަނީ ޓިކެޓް ވިއްކާފައެވެ.
މޫވީ ނައިޓްއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ފެސާއިން ވަނީ ފެސާ ކެންޓީންގެ ޚިދުމަތްވެސް ފޯރުކޮށްދީފައެވެ. ބުއިމުގެ ގޮތުގައި ޕެޕްސީ ދަޅާއި، ދެވައްތަރެއްގެ މޮހީޓޯ، އަދި ފެންފުޅި ވަނީ ވިއްކާފައެވެ. ކާތަކެތީގެ ގޮތުގައި ޕޮފްކޯން އާއި ސޮސެޖް ވަނީ ވިއްކާފައެވެ.


ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދެވުނު ޙަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ފެސާގެ ޓީމްއަށް އެފް.އީގެ ދަރިވަރުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރަމެވެ.
މިހަރަކާތުގެ މަގުސަދަކީ ފެސާގެ ފަރާތުން މިއަހަރު ކުރިއަށް ރޭވިފައި ހުރި އެކިއެކި ހަރަކާތްތަކަށް ބަޖެޓް ހޯދުމެވެ. އަދި ދަރިވަރުންނަށް ޔުނިވާރސިޓީ ހަޔާތުގައި ކިޔެވުމުގެ އިތުރުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ހޯދާދިނުމެވެ.
ލިބުނު ތަރުހީބާއެކު މިފަދަ އިތުރު މޫވީ ނައިޓެއް ބޭއްވުމަށް ފެސާގެ ހިންގާ ކޮމިޓީ އިން ޚިޔާލުކުރެއެވެ. އަދި މިނޫންވެސް އިތުރު ފަންޑްރައިޒިންގ ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ވަނީ ރޭވިފައިވެއެވެ.






