ފެސާގެ ދެވަނަ މޫވީ ނައިޓް ހޮނިހިރުދުވަހުގެރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.
މޫވީ ނައިޓް ބޭއްވިގެންދާނީ 27 އޯގަސްޓު ވާ ހޮނިހިރުދުވަހުގެ ރޭ 8:30 ގައި ސީ.އޭ އޮޑިޓޯރިއަމްގައެވެ.
މިފަހަރުގެ މޫވީ ނައިޓްގައި އެޅުވުމަށް ހަމަޖެހިފައިވަނީ “ އޯރފަން ފަސްޓް ކިލް“ އެވެ. މިދިޔަ ފަހަރުގެ މޫވީ ނައިޓަށް ލިބުނު ފަދަ ތަރުހީބެއް މި މޫވީ ނައިޓަށްވެސް ލިބިގެންދާނެކަމަށް އުއްމީދުކުރަމެވެ.
މޫވީ ނައިޓްގެ ޓިކެޓް ވިއްކަމުންދަނީ 10 ރުފިޔާއަށެވެ. އޮންލައިންކޮށް ޓިކެޓް ބައްލަވައިގަތުމަށް 9721981/9746220 އަށް މެސެޖްކޮށްލެއްވުމުން ޓިކެޓް ލިބިވަޑައިގަންނަވާނައެވެ.
މޫވީ ނައިޓްއަށް ފުރިހަމަކަމެއް ލިބިގެންދަނީ ރަހަމީރު ކަމަކާއެކުގައި ކަމަށްވާތީ ފެސާ ކެންޓިންގެ ޙިދުމަތް މި މޫވީ ނައިޓްގައިވެސް ލިބިގެންދާނެއެވެ. ފެސާގެ ކެންޓީނަށް ވަނީ ފުރަތަމަ މޫވީ ނައިޓްގައިވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދެވޭ ޙަރަކާތްތައް ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވެނީ ފެސާގެ ޓީމް އާއި އެފް.އީ ދަރިވަރުންނާ ގުޅިގެންނެވެ. އެހެންކަމުން ކުރިޔަށްގެންދެވޭ ޙަރަކާތްތަކުގައި ދަރިވަރުން އިސްނަގައި އެހީތެރިވާނެކަމަށް އުއްމީދުކުރަމެވެ.
މިހަރަކާތުގެ މަގުސަދަކީ ފެސާގެ ފަރާތުން މިއަހަރު ކުރިއަށް ރޭވިފައި ހުރި އެކިއެކި ހަރަކާތްތަކަށް ބަޖެޓް ހޯދުމެވެ. އަދި ދަރިވަރުންނަށް ޔުނިވާރސިޓީ ހަޔާތުގައި ކިޔެވުމުގެ އިތުރުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ފެސާއިން މިދިޔަ ސެމިސްޓަރގައިވެސް ވަނީ ފަންޑްރައިސިންގ ގެ ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. އަދި އިތުރު ފަންޑްރައިސިންގ އިވެންޓްތައް މި ސެމިސްޓަރގައި ކުރިޔަށް ވަނީ ރޭވިފައެވެ.