ފެސާގެ މި އަހަރުގެ ފުރަތަމަ މޫވީ ނައިޓް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސީ.އޭ އޮޑިޓޯރިއަމްގައި ބޭއްވިގެންދާނެ މޫވީ ނައިޓް އޮންނާނީ 23 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ.
މިފަހަރު އަޅުވަން ހަމަޖެހިފައިވަނީ ”މާމާ“ އެވެ. މޫވީ ނައިޓަށް ޓިކެޓު ވިއްކަމުންދަނީ -/10 އަށެވެ. އޮންލައިންކޮށް ޓިކެޓު ބައްލަވައިގަތުމަށް 9514443 އަށް މެސެޖެއްކޮށްލެއްވުމުން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.
މޫވީ ނައިޓްގައި ކެންޓީންގެ ޚިދުމަތްވެސް ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ސޮސެޖާއި، މަޖަލާއި، ޕޮޕްކޯން އަދި ބުއިންތައް ލިބެން ހުންނާނެއެވެ.
މި ހަރަކާތުގެ މަގްސަދަކީ ކިޔެވުމުގެ އިތުރުން ދަރިވަރުން މަޖާކޮށް އެކުވެރިންނާއެކު ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ރޭވިފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމެވެ.
ފެސާއިން މިދިޔަ އަހަރުވެސް ވަނީ މޫވީ ނައިޓާއި މިނޫންވެސް ފަންޑް ރެއިސިންގ އިވެންޓްތައް ކުރިޔަށް ގެންގޮސްފައެވެ.






