ފެސާގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
23 ފެބުރުވަރީ ވީ ބުރާސްފަތި ދުވަހު ސީ.އޭ އޮޑިޓޯރިއަމްގައި ބޭއްވިގެން ދިޔަ މޫވީ ނައިޓް ގައި އަޅުވައިފައިވަނީ ”މާމާ“ އެވެ. އަށްޑިހައަށް ވުރެ ގިނަ ކުދިން އައި މި މޫވީ ނައިޓް ވަނީ ކުދިންގެ މެދުގައި ވަރަށް މަގުބޫލު ވެފައެވެ.
މޫވީ ނައިޓްގެ ޓިކެޓު 10 ރުފިޔާއަށް ވިކެވުނުއިރު އޮންލައިންކޮށް ޓިކެޓު ގަތުމުގެ ފުރުސަތުވެސް ވީ ފަހިވެފައެވެ.


ފިލްމް ބަލަން އައި ދަރިވަރުންނަށް ވަނީ ކެންޓީނުގެ ޙިދުމަތްވެސް ފޯރުކޮށްދީފައެވެ. ޕޮޕްކޯނާއި ސޮސެޖުގެ އިތުރުން މަޖާވެސް ވަނީ ވިއްކާފައެވެ.
މި ހަރަކާތަކީ ކިޔެވުމުގެ އިތުރުން ދަރިވަރުން މަޖާކޮށް އެކުވެރިންނާއެކު ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ރޭވިފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
ލިބުނު ތަރުޙީބުގެ ސަބަބުން މިކަހަލަ އިތުރު މޫވީ ނައިޓްތަށް އަދި ފަންޑްރެއިސިންގ ހަރަކާތްތަށް ކުރިއަށް ގެންދަން ފެސާއިން ވަނީ ރާވާފައެވެ.






