ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އަށް އަލަށް ގުޅުނު ދަރިވަރުންނަށް ”ނިއު ލީޑާރސް ޓްރިޕް“ ބާއްވައިފިއެވެ.
މި ދަތުރު ގޮސްފައިވަނީ މާލެ އަތޮޅު ވިލިނގިއްޔަށެވެ. މާރިޗު 3 ވީ ހުކުރު ދުވަހުގެ ހެނދުނު ދިޔަ މި ދަތުރުގެ މައިގަނޑު މަގްސަދަކީ އަލަށް ގުޅުނު އިސްވާރުންނާއި ފެސާގައި ކުރިންވެސް ހަރަކާތްތެރި ވަމުން އަންނަ އިސްވާރުންގެ ދެމެދު ގުޅުން ބަދަހި ކުރުމާއި ހުރިހާ ދަރިވަރުންވެސް މަޖާކޮށްލުމެވެ.
ހެނދުނުގެ ސަޔަށްފަހު އެކި ކަހަލަ މަޖާ ކުޅިވަރުތައް ކުޅެވިގެންދިޔަ މި ދަތުރު ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
ފެސާގެ އުއްމީދަކީ ކުރިޔަށް ރޭވިފައި ހުރި ހަރަކާތްތަކުގައި އަލަށް ގުޅުނު އިސްވާރުން ފެނިގެން ދިޔުމެވެ.