ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އިން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ހުރިހާ އަންހެން ސްޓާފުންނަށް އަންހެނުންގެ ދުވަސް ފާހަގަކޮށްދީފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ބީ-ބްލޮކްގެ މީޓިންގ ރޫމްގައެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފެސާގެ ހިންގާ ކޮމިޓީ އަދި ލީޑަރުންގެ ފަރާތުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ހުރިހާ އަންހެން މުވައްޒަފުންނަށްވަނީ ކުޑަ ހަދިޔާއެއް އަރުވާފައެވެ.
މި ހަރަކާތް ވަނީ ހުރިހާ އަންހެން ސްޓާފުންނާއި ލެކްޗަރަރއިންނަށް ވަރަށް ކަމުގޮސްފައެވެ. ދަރިވަރުންގެ ފަރާތުން ލިބުނު މި ސަޕްރައިސްގެ ސަބަބުން އެންމެންވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުން ކަމަށް ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތް މިހާ ފުރިހަމައަށް އަދި ކާމިޔާބުކަމާއެކު ނިންމާލެއްވުމަށް އެހީތެރިވެދެއްވި އަޅުގަނޑުމެންގެ ޢަމީދު ޑރ. ވަސީމާ ފިކުރީ އާއި އަޅުގަނޑުމެންގެ ލެކްޗަރަރ ހަމީޒާ މިސްއަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އަދި މީގެ އިތުރުން މި ހަރަކާތް ކުރިޔަށް ގެންދިޔުމުގައި އެހީތެރިވި ފެސާގެ ހީވަގި ލީޑަރުންނަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.