އެފް.އީ އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫވީ ނައިޓް އޮންނާނީ 5 މެއި ވާ ހުކުރު ދުވަހުގެ ރޭ 19:45 ގައެވެ.
މިފަހަރު މޫވީ ނައިޓްގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމަކީ ”ކޭސް 39“ އެވެ. މޫވީ ނައިޓްގެ ޓިކެޓުތައް ވިއްކަމުންދާނީ 10/- އަށެވެ. މިދިޔަ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް ޓިކެޓު ވިއްކުމުގެ ކަންތައް އޮންލައިންކޮށް ކުރިޔަށް ގެންދެވޭނެއެވެ. އޮންލައިންކޮށް ޓިކެޓު ބައްލަވައިގަތުމަށް 9514443 އަށް ވައިބަރ ނުވަތަ ޓެލެގްރާމް އިން މެސެޖުކޮށްލެއްވުމުން ޓިކެޓު ލިބިވަޑައިގަންނަވާނެއެވެ.
މިއަހަރުގެ ފުރަތަމަ މޫވީ ނައިޓެކޭ އެއްފަދައިން މި ފަހަރު ވެސް ކެންޓީންގެ ޚިދުމަތްވެސް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ޕޮޕްކޯނާއި ސޮސެޖު އަދި ފެން ލިބެން ހުންނާނެއެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން މަޖާކޮށްލާ އެކުވެރިންނާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމެވެ.
ފެސާއިން މިއަހަރު ބޭއްވި އެންމެ ފުރަތަމަ މޫވީ ނައިޓް ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ނިންމާލައިފައެވެ. އުއްމީދަކީ، މި ފަހަރުގެ މޫވީ ނައިޓްވެސް ކާމިޔާބުކަމާއިއެކު ނިމުމެވެ.






