ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ”ޑޮނޭޝަން ޑްރައިވް ބައި ފެސާ“ ގެ ނަމުގައި ހަދިޔާ ކުރުމުގެ އިވެންޓެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ރޭގަނޑު 20:00 ގެ ނިޔަލަށް މި ހަރަކާތަށް ފައިސާ، ކުޅޭ ތަކެތި އަދި ފޮތް ފަދަ ތަކެތި ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ. ފައިސާގެ ގޮތުގައި ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެންގެ އެކައުންޓް ނަމްބަރު (7730000356165، މަރިޔަމް ސުހާ) އަށް އޮންލައިންކޮށް ޓްރާންސްފަރ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ފޮތް ނުވަތަ ކުޅޭ ތަކެތި ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 9725922، 7743991 ނުވަތަ 9134133 އަށް ގުޅާލެއްވުމުން ނުވަތަ މެސެޖެއްކޮށްލެއްވުމުން ހަދިޔާ ކުރުން ކުރިޔަށް ގެންދަންވީ ގޮތް އޮޅުންފިލުވައިދޭނެއެވެ.


މި ހަރަކާތުން ލިބޭ ފައިސާ ބޭނުން ކުރެވިގެންދާނީ ކެއަރ ސޮސައެޓީއަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ތަކެތި ގަނެދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ. މީގެ އިތުރުން ލިބޭ ފޮތާއި ކުޅޭ ތަކެތިވެސް ލިބިގެން ދާނީ މިތަނުގައި އުޅޭ ކުދިންނަށެވެ.
ފެސާއިން މިދިޔަ އަހަރުވެސް ވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ”ޑޮނޭޝަން ޑްރައިވް“ އެއް ކުރިޔަށް ގެންގޮސްފައެވެ. ފެސާގެ އެދުމަކީ އަދި އުއްމީދަކީވެސް މި ހަރަކާތަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބި، މިދިޔަ އަހަރެކޭވެސް އެއްފަދައިން ނުހަނު ކާމިޔާބާއެކު މި ހަރަކާތް ނިންމާލުމެވެ.






