ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަށް މި އޮގަސްޓް އިންޓޭކްގައި ގުޅުނު ދަރިވަރުންނަށް، ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ”ފެސާ ގޭމް ނައިޓް“ގެ ނަމުގައި ބާއްވާ ވެލްކަމް ނައިޓް މި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ރޭ، 19:45 ގައި އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.
ފެސާއިން ބާއްވާ ގޭމް ނައިޓަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނަށް މި ޓާމުގައި އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މަޤުސަދަކީ އަލަށް ގުޅުނު ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށް، މަޖާކޮށްލާ އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ދިނުމެވެ.
ފެސާއިން މިދިޔަ ސެމިސްޓަރގައި ކުރިޔަށްގެންދިޔަ ”ފެސާ ވެލްކަމް ނައިޓް“ ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސްފައެވެ.






