ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023“ މުބާރާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ އަންހެން އަދި ފިރިހެން ޓީމުގެ ޖާރޒީ ހަވާލުކޮށްފިއެވެ.
ސެޕްޓެމްބަރ 21 ވީ ބުރާސްފަތި ދުވަހު ފިރިހެން ޓީމަށް ޖާރޒީ ހަވާލު ކުރެވިފައިވާއިރު އަންހެން ޓީމަށް ޖާރޒީ ހަވާލު ކުރެވުނީ ސެޕްޓެމްބަރ 22 ވީ ހުކުރު ދުވަހުގައެވެ. ފިރިހެން ޓީމަށް ޖާރޒީ ހަވާލުކޮށްދެއްވާފައި ވަނީ އެފް.އީ ގެ ލެކްޗަރަރ އެއް ކަމަށްވާ ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ. އަންހެން ޓީމަށް ޖާރޒީ ހަވާލު ކޮށްދެއްވާފައި ވަނީ އެމް.އެން.ޔޫ.އެސް.ޔޫ ގެ ނައިބު ރައީސް (އިތުރު ހަރަކާތް) ސަމްޢާން ޙަސަން އެވެ.
އަންހެން ޑިވިޝަންގައި މުޅިއެކު 12 ކުޅުންތެރިންގެ އިތުރުން ކޯޗާއި، އެސިސްޓެންޓް ކޯޗާއި، މެނޭޖަރާއި، އޮފިޝަލެއްގެ އިތުރުން މެޑިކް ވެސް ހިމެނެއެވެ. ފިރިހެން ޑިވިޝަންގައި ހިމެނެނީ 14 ކުޅުންތެރިންގެ އިތުރުން ކޯޗާއި މެނޭޖަރު އަދި މެޑިކެވެ.
އެފް.އީގެ ދެ ޓީމުވެސް މަސައްކަތް ކުރަމުން ދަނީ ތަށްޓާ ހަމައަށް ވާޞިލުވެވޭތޯއެވެ.






