ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)އިން ކުރިޔަށް ގެންދިޔަ ފަންޑްރެއިސިންގ އިވެންޓެއް ކަމަށްވާ ”ކެފިޓީރިއާ“ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ހަވީރު ވަންދެން ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ވަނީ އެކިކަހަލަ ކާތަކެތި ވިއްކާފައެވެ. އެގޮތުން ބުއިންތަކުގެ ތެރޭގައި އައިސް ކޮފީއާއި، އައިސް މައިލޯ، އައިސްޑް ލެމަން ޓީ އަދި ބްލޫބެރީ މޮހިޓޯ ވެސް ވަނީ ވިއްކާފައެވެ. ފޮނި އެއްޗެއްގެ ގޮތުން ވަނީ ބްރައުނީ އަދި ކަޕްކޭކް ވިއްކާފައެވެ. މީގެ އިތުރުން ސޭންޑްވިޗް، ސޮސެޖު އަދި ޕާނީ ޕޫރީ ވެސް ވަނި ވިއްކާފައެވެ.
މި ހަރަކާތުގެ މަގްސަދަކީ ފެސާ އިން ކުރިޔަށް ރާވާފައި ހުރި އިވެންޓްތަކަށް ފަންޑް ހޯދުމެވެ.
ފެސާއިން މިދިޔަ އަހަރުވެސް ވަނީ ”ކެފިޓީރިއާ“ ކުރިޔަށް ގެންގޮސްފައެވެ. މިފަހަރެކޭވެސް އެއްފަދައިން މިދިޔަ އަހަރުވެސް ވަނީ މި ހަރަކާތަށް ވަރަށް މަގްބޫލުކަން ލިބިފައެވެ.






