ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިންތިޒާމްކޮށްގެން ”ފެސާ 3 އޮން 3 ފުޓްސަލް ޓޯނަމެންޓް“ ބާއްވަން ނިންމައިފިއެވެ.
28 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހު އެފް.އީ ޕީ.އީ ހޯލްގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތަކީ ފެކަލްޓީ އޮފް އެޑިއުކޭޝަން ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި، ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި ފެސާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެވޭނީ އެފް.އީ ގައި ކިޔަވާ ދަރިވަރުންނާއި، އެފް.އީ ގައި ކިޔަވައިދޭ ލެކްޗަރަރއިންގެ އިތުރުން މުބާރާތުގެ ހިންގާ ކޮމިޓީއިން ހުއްދަދޭ ޚާއްސަ ފަރާތްތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަކީ އޮކްޓޫބަރު 24 ގެ ހަވީރު 06:00 އެވެ.






