ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިންތިޒާމްކޮށްގެން ބޭއްވި ”ފެސާ 3 އޮން 3 ފުޓްސަލް ޓުއަރނަމެންޓް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި މުޅިއެކު 7 ޓީމް ބައިވެރިވެފައިވާ އިރު، އޭގެތެރެއިން 4 ފިރިހެން ޓީމާއި 3 އަންހެން ޓީމެއްވެއެވެ.
28 އޮކްޓޯބަރު ވީ ހޮނިހިރު ދުވަހު ޕީ.އީ ހޯލުގައި ބޭއްވިގެން ދިޔަ މި ”ވަން ޑޭ ކަޕު“ގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅެވިފައިވަނީ ވައިޓްސް އަދި ޝަކަލަކަ ބޫމް ގެ މެދުގައެވެ. 2-2 އެއްވަރު ވިނަމަވެސް ޕެނަލްޓީ ޖަހައިގެން 2-4 އަކުން މޮޅުވެފައިވަނީ ޝަކަލަކަ ބޫމް އެވެ. އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެވިފައިވަނީ ޑީއެމްސް އަދި ޓީމް އެމް.ބީ ގެ މެދުގައެވެ. 1-0 އަކުން މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއެމްސް އިންނެވެ.
ފެސާގެ އުއްމީދަކީ މި މުބާރާތް ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިޔަށް ވުރެ ފުރިހަމައަށް ގެންދިޔުމެވެ.






