

ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އަށް މި ސެމިސްޓަރގައި އަލަށް ގުޅުނު އިސްވާރުންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ 29 ފެބުރުއަރީ ވީ ބުރާސްފަތިދުވަހުގެރޭ 8:15 ގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.
20 އަށް ވުރެ ގިނަ ކުދިން ބައިވެރިވި މި ބައްދަލުވުމުގައި ފެސާގެ ކުރިޔަށް ރޭވިފައި ހުރި ހަރަކާތްތަކާބެހޭ ގޮތުން މަޢުލޫމާތު ދެވިފައިވެއެވެ. އަދި އަލަށް ގުޅުނު އިސްވާރުންގެ އެއްބާރުލުމުގެ މުހިންމުކަންވެސް ފާހަގަކޮށް ވާހަކަ ދައްކައިފައިވެއެވެ.
އަލަށް ގުޅުނު އިސްވާރުންނާއި ފެސާގެ އިސްވާރުންގެ ޓީމުގެ ގުޅުން އިތުރަށް ބަދަހިވެފައި ވާއިރު، ފެސާގެ މި އަހަރުގެވެސް އަމާޒަކީ އަލަށް ގުޅުނު އިސްވާރުންނާއެކު ގިނަ ކަންކަން ރާވާ ހިންގުމެވެ.





