ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިންތިޒާމުކޮށްގެން ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ”ފެސާ މާހެފުން ”1445“ގެ ނަމުގައި ހަރަކާތެއް ކުރިިއަށް ގެންގޮސްފިއެވެ.
މާހެފުން ކުރިޔަށް ގެންގޮސްފައިވަނީ މާރިޗު 7 ވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގައެވެ. މި މާހެފުމުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ އިސްވާރުންނާއި، ލެކްޗަރަރއިންގެ އިތުރުން (އެފް.އީ)ގެ އެހެނިހެން މުއައްޒަފުން ވަނީ ބައިވެރިވެފައެވެ.
ފެސާގެ ދައުވަތު ޤަބޫލު ކުރައްވާ މި މާހެފުމަށް ވަޑައިގެންދެއްވި ކަމަށްޓަކާ ފެސާގެ ރައީސް އަހްމަދު އީމާން ވަނީ އެންމެހާ މުއައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި ހަމައެހެންމެ ފެސާގެ ހަރަކާތްތަކުގައި އިސްވާރުންނާއި އެންމެހާ މުއައްޒަފުން ދެއްވާ އެއްބާރުލުން ރައީސް ވަނީ ފާހަގަކޮށް، އެކަމަށް ވެސް ޝުކުރު އަދާކޮށްފައެވެ.
މި ހަރަކާތުގައި ފެސާގެ އިސްވާރުންނާއި ބެޗް އިސްވާރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ފެންނާނެ ކަމަށް ފެސާގެ ހިންގާ ކޮމެޓީ މެމްބަރުން އުއްމީދުކުރެއެވެ.






