1445 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ފެސާއިން ”މީކާކު؟“ ނަމުގައި ސުވާލު މުބާރާތެއް ފަށައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން، މުނިފޫހިފިލުވުމުގެ ގޮތުން ބޭއްވޭ ސުވާލު މަބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފެކަލްޓީގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެސާގެ ގިނަ ދަރިވަރުން ހިމެނޭހެން ހެދިފައިވާ ވައިބަރ ގްރޫޕެއް ކަމަށްވާ، ”ފެސާ އެންޓަރޓެއިންމަންޓް “ ގްރޫޕުގައެވެ.
މި މުބާރާތް ފަށާފައިވަނީ (14 މާރިޗު)ރަމަޟާން މަހުގެ 4 ވަނަދުވަހުގައެވެ. ކޮންމެ ދުވަހަކުވެސް މި ގްރޫޕު މެދުވެރިކޮށް ސުވާލު އާއްމު ކުރެވޭނެއެވެ. މިސުވާލުތަކުގެ ޖަވާބު ފޮނުވާނީ ވައިބަރ އިން ޕްރައިވެޓް މެސެޖުންނެވެ. ޖަވާބު ފޮނުވުމުގެ ސުންގަޑި އަކީ ސުވާލު އާއްމުކުރާ ދުވަހުގެ ރޭ 12:00 މިނެޓެވެ. ޖަވާބު ފޮނުވުމަށް ކަނޑައެޅިވައިވާ ވަގުތު ހަމަވުމުން ރަނގަޅު ޖަވާބު އާއްމު ކުރެވިގެން ދާނެއެވެ.
ރަމަޟާން މަސް ނިމުމުން މި މުބާރާތުގައި އެންމެ ގިނަ ޖަވާބު ދިމާކުރާ ބައިވެރިއަކަށް އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ފެސާއިން ރަމަޟާން މަހަށް ޙާއްސަކޮށްގެން މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.






