ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އިން އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފަރިތަކުރުންތައް ފެށައިފިއެވެ.
މި ފަރިތަކުރުންތައް ފަށާފައިވަނީ 22 ފެބުރުވަރީ ވީ ހޯމަ ދުވަހުގެރޭ 20:00 ގައި އެކުވެނި ވޮލީ ޓަރފް ގައެވެ.
އެފް.އީގެ ހުރިހާ ދަރިވަރުންނަށް ވޮލީ ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާރު، ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ވޮލީ ޓީމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ހާޒިރީ ބެލެވިގެންދާއިރު، ފައިނަލް ސްކޮޑް އިން ޖާގަ ކަށަވަރު ކުރުމަށްޓަކައި ފަރިތަކުރުންތަކުގައި ބައިވެރިވުން ކޮންމެ ކުޅުންތެރިއަކަށްވެސް ވަރަށް މުހިންމެވެ.
އެފް.އީ.ވޮލީ ޓީމުގެ ދެ ޑިވިޝަނުން ވެސް އަތުކުރި އޮޅާލައިގެން ތިބީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތަށި އެފް.އީ އަށް ގެނެސްދިނުމަށެވެ.






