ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގޮފި ފެސާ ގެ ފަރާތުން 21 މާރޗް ވީ ބުރާސްފަތި ދުވަހު ބައިނަލް އަގުވާމީ ޑައުންސިންޑޮރޮމް ދުވަސް ފާހަގަ ކޮށްފިއެވެ.
ޑައުންސިންޑުރޮމް ހުންނަ ކުދިންނަށް ހާއްސަކުރެވިފައިވާ މިދުވަހާކީ އެކުދިންގެ ދުޅަހެޔޮކަމާއި، ހައްގުތަކަށް ވަކާލާތުކުރުމާއި، އެމީހުންގެ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފަހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް 21 މާރިޗް ގައެވެ.
’ލޮޓް އޮފް ސޮކްސް‘ ގެ ނަމުގައި ޑައުންސިންޑުރޮމްއަށް ހޭލުންތެރި ކުރުމަށާއި، ހަމަހަމަ ފުރުސަތު ހޯދުމަށް ދުނިޔޭގައި މިދުވަހާ ގުޅުވައިގެން 2012 ވަނަ އަހަރުން ފެށިގެން ކެމްޕެއިނެއް އަންނަނީ ހިންގަމުންއެވެ. މި ކެންޕެއިނުގައި ދެ ކުލައިގެ އިސްޓާކީނު ލުން ހިމެނެއެވެ.
ފެސާގެ ޑައުންސިންޑުރޮމް ދުވަހުގެ ހަރަކާތްތައް ކުރިޔަށް ދިޔައީ އެދުވަހުގެ މެންދުރު އެފްއީ ޕީއީ ހޯލުގައެވެ. ލޮޓްސް އޮފް ސްކޮސް ކެމްޕެއިންގެ ދަށުން މި ހަރަކާަތުގައި ބައިވެރިވި ދަރިވަރުން ވަނީ ގަދަ ކުލަކުލައިގެ އިސްޓާކީނަށް އަރައިގެން ފޮޓޯނަގާފައެވެ.
މި ހަރަކާަތުގެ ދަށުން ދުވަހުގެ ހާއްސަ ފޮޓޯ އަލްބަމެއް ތައްޔާރު ކުރުންވެސް ކުރިއަށް ދިޔައެވެ. އަދި ހަމައެހެންމެ ދުވަހުގެ މުނާސަބަތާ ގުޅޭ ފޮޓޯ އަލްބަމްގައި ހިމެނުމަށް، ދުވަހުގެ ޝިޢާރާ ގުޅޭގޮތަށް ފޮޓޯ ނެގުމަށް ފަހު ފޮނުވުމަށް ވަނީ އެހެން ގޮފި ތަކަށް ވެސް ހުޅުވާލެވިފައެވެ. މި ހަރަކާތުގައި ސްކޫލް އޮފް މެޑިސިންގ ގެ ގޮފި މެޑިކޯސްއިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ފެސާގެ އުންމީދަކީ ޑައުންސިންޑްރޯމް އާއި ބެހޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކޮށް މި ބަލި ތަހައްމަލް ކުރަމުން ދާ ކުދިންނަކީ މުޖުތަމަޢުގައި މުހިއްމު ބައެއްގެ ގޮތުގައި ވުމެވެ.






