ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އަދި ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”ފެސާ- ބީ.އެސް.އެސް.އޭ ބީޗް ކްލީނިންގް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ޖޫން 8 ވީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މުޅިއެކު 18 އިސްވާރުންނާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިން ވަނީ ޖުމްލަ 21 ކަޅު ކޮތަޅުގެ ކުނި ނަގާ އެ ސަރަހައްދު ސާފުކޮށްފައިވެއެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފެސާ އަދި ބީ.އެސް.އެސް.އޭ ގުޅިގެން ގޮނޑުދޮށް ސާފުކޮށް، ކުނި މަދުކުރުމަށް ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމެވެ. މި ހަރަކާތަކީ ފެސާ އަދި ބީ.އެސް އެސް.އޭގެ ވެސް މި ސެމިސްޓާގައި ކުރިއަށް ގެނދާނެ އެންމެ ފަހު ހަރަކާތެވެ.
މި ހަރަކާތް އެންމެ ފުރިހަމައަށް ކުރިޔަށް ގެންދެވުމުގެ މޭސްތިރިންނަކީ ފެސާ އަދި ބީ.އެސް.އެސް.އޭ ގެ އިސްވާރުންނެވެ.