ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގޮފި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ މިއަހަރުގެ ހަތަރު ވަނަ މޫވީ ނައިޓްގައި އެޅުވި ”އިންސައިޑް އައުޓް “ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
50 އަށްވުރެ ގިނަ ބައިވެރިންނާއެކު، ކާމިޔާބު ކަމާއެކު ނިންމާލި މި ހަރަކާތް ކުރިއަށް ގެންދެވިފައިވަނީ އޯގަސްޓު 29 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި އެފް.އީ އޮޑިޓޯރިއަމްގައެވެ.
މި ކަރޓޫނަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޓިކްޓޮކް ފަދަ މީސް މީޑިއާގެ މަންސަތަކުގައިވެސް މަގުބޫލުކަން ހޯދާފައިވާ ކަރޓޫނެކެވެ.
މޫވީ ނައިޓްގެ ޓިކެޓު 10 ރުފިޔާއަށް ވިއްކާފައިވާއިރު އޮންލައިންކޮށް ޓިކެޓު ގަތުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.
މޫވީ ނައިޓް ކުރިއަށް ދިޔަ ވަގުތު ކެންޓީނުގެ ޚިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފެނާއި، ގްރިލްޑް ސޮސެޖު ވަނީ ވިއްކާފައެވެ.
މި ހަރަކާތުގެ މަގުސަދަކީ ދަރިވަރުންނަށް އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ފައިސާ ހޯދުމެވެ.
ފެސާއިން އިތުރު ފަންޑްރައިޒިން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މިފަދަ އިވެންޓްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގެ މޭސްތިރިންނަކީ ހީވާގި އިސްވާރުންކަން ފާހަގަ ކޮށްލެވެއެވެ.






