ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން މިއަހަރުގެ ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އެގޮތުން 8 ސެޕްޓެމްބަރު ވީ އާދީއްތަ ދުވަހު ސީ.އޭ އޮޑިޓޯރިއަމްގައި ވަނީ ދުވަހުގެ ހާއްސަ ހަފްލާ އެއް ބާއްވައިފައެވެ. ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު ޝަރަފުވެރި ކޮށްދެއްވާފައިވާ މިހަފްލާގައި ގިނަ ސުކޫލް ތަކަކުން ވަނީ ބައިވެރިވެފއެވެ.
މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރވަނީ ތައުލީމީ ދާއިރާގެ މުހިއްމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި ހާއްސަ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ހުށައަޅައިދެއްވާފައެވެ. ހަފްލާ ނިންމާލުމުގެން ގޮތުން ދުވަހުގެ ޚާއްޞަ ކޭކު ފެޅުންއޮތެވެ.
މީގެ އިތުރުން ފެސާއިން ވަނީ 9 އޮކްޓޯބަރ ވީ ބުދަ ދުވަހު ހެނދުނު 8 ގައި އެފް.އީ ގެ ލެކްޗަރަރ އިންނަށް ޚާއްސަ ކޮށްގެން ހަރަކާތެއް ބާއްވައިފައެވެ. އެގޮތުން މި ހަފްލާގައި އެފް.އީގެ ލެކްޗަރާއިންގެ އަގުވަޒަން ކުރުމުގެގޮތުން ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދިހަމަ އެހެންމެ ދަރިވަރުންނާއި ލެކްޗަރާއިން އެކުގައި މަޖާ ގޭމް ތަކެއް ވެސް ވަނީ ކުޅެފައެވެ.
ދުވަހުގެ މުނާޞަބަތުގައި ފެސާއިން މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ލެކްޗަރާއިންގެ ޝުއޫރުތަކުން އެނގިގެންދިޔައީ، ފެސާއިން މިހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނުކަމެވެ.
ފެސާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މި އަހަރެކޭ އެއް ފަދައިން، ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރެވިގެން ދިޔުމެވެ.






