ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އިން އަހަރީ ގޮތުން ބާއްވަމުން އަންނަ ”ހަވާސް ޝޯވ“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޝޯވ ކުރިޔަށް ދިޔައީ2024 އޮކްޓޯބަރ 18 ވީ ހުކުރު ދުވަހުގެ ރޭ އެފްއީ އޮޑިޓޯރިއަމްގައެވެ. ޝޯވ ގައި އެފް.އީގެ އިތުރުން 6 ފެކަލްޓީއަކުން ވަނީ 10 އައިޓަމެއް ހުށަހަޅާފައެވެ. މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕުންވެސް ވަނީ އައިޓަމެއް ހުށައަޅާފައެވެ.
ކޮންމެ އަހަރަކުވެސް ވަކި ތީމަކަށް ކުރިއަށް ގެންދާ މި ޝޯވްގެ މިއަހަރުގެ ތީމަކީ ދިވެހިވަންތަ ސަގާފީ ތީމެވެ.
ހަވާސް ޝޯވ އަކީ ހާއްސަކޮށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ހުނަރުތައް ދައްކާލުމައި، އެކުވެރި މަޖާ މާހައުލަކުން ދަރިވަރުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ފެސާއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ. އެހެނިހެން ފެކަލްޓީކަތަކަސް ވެސް އައިޓަމް ހުށައެޅުމަށް ފުރުސަތު ހުޅުވާލެވިގެން ކުރިއަށް ގެންދާ މި ޝޯވް އަކީ އަބަދުވެސް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ.






