ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2024 “ ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ ޓީމުތަކަށް ޖާޒީ ހަވާލުކޮށްފިއެވެ.
އޮކްޓޯބަރ 17ވީ ބުރާސްފަތި ދުވަހުގެ ރޭ 16.00 ރަސްމިއްޔާތު ބާއްވާފައިވަނީ އެމް.އެން.އޫ ސެންޓްރަލް ގައެވެ.
ފުޓްސަލް ޓީމަށް ޖާޒީ ހަވާލު ކޮދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނާއިބު ރައީސް ނާބިތު އަހުމަދެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައި ނާބިތު ވަނީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާ މިއަހަރުވެސް މޮޅު ކުޅުމެއް ދައްކާ، ތަށި ނެގުމަށް ހިތްވަރު ދެއްވާފައެވެ.
ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޖާޒީ ހަވާލު ކޮށްފައިވާއިރު ސަޕޯޓަރުންގެ ޖާޒީ ހައްދަން ބޭނުން ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން އަންހެން އަދި ފިރިހެން ޑިވިޝަންގެ ޓިމެއް އެފް.އީ އިން ނެރެފައިވާއިރު ދެ ޓީމުގެ ވެސް އަމާޒަކީ އެފް.އީ އަށް މުބާރާތުގެ ތަށި ކާމިޔާބުކުރުމެވެ.






