26 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިސްނަގައިގެން ފެސާ ގޭމް ނައިޓް ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިއީ 2025 ވަނަ އަހަރު ފުރަތަމަ ޓާމު އަލަށް ފެކަލްޓީ އޮފް އެޑިއުކޭޝަނާއި ގުޅުނު ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ ކުރީގެ އަދި މިހާރުގެ ހިންގާ ކޮމިޓީ ތަޢާރަފުވުން އޮންނާނެއެވެ. ހަމަ އެހެންމެ މި ހަރަކާތުގައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީ ތަޢާރަފުވުން ވެސް އޮންނާނެއެވެ.
މި ހަރަކާތުގައި ތަފާތު އެކި ކުޅިވަރުތަށް ކުޅުމާއި، ދަރިވަރުން އެކަކު އަނެކަކާ ތައާރަފުވެ، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގުރޫޕާއި، އެމް.އެން.ޔޫ.އެސް.ޔޫ ޑާންސް ގްރޫޕްގެ ފަރި ހަރަކާތްތައް ވެސް ފެނިގެންދާނެއެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ބާއްވަން ހަމަޖެހިފައިވާ މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނަށް އަލަށް ގުޅުނު ދަރިވަރުންނާއި ފެސާ ހިންގާ ކޮމެޓީ ތައާރަފުވެ އެކުދިންނާއި ގުޅުން ބަދަހިކުރުމެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އުއްމީދު ކުރަނީ ގާތްގަނޑަކަށް 50 އެއްހާ ކުދިން މި ހަރަކާތުން ފެނިގެންދާނެ ކަމަށެވެ.





