ފެކަލްޓީ އޮފް އެޑިއުކޭޝަނާ މި ސެމިސްޓަރގައި އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި ”ފެސާ ގޭމް ނައިޓް 2025″ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ގޭމް ނައިޓް ބާއްވާފައިވަނީ 26 ފެބުރުވަރީ ވީ ބުދަ ދުވަހުގެރޭ އެފް.އީ ޕީ.އީ ހޯލުގައެވެ. ފަންސަވީހަކަށް ކުދިން ބައިވެރިވި މިހަރަކާތުގައި އެކި ކަހަލަ މަޖާ ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
އިވެންޓް ފެށިގެން ދިޔައީ ފެސާގެ މިދައުރުގެ ހިންގާ ކޮމިޓީގެ ތަޢާރަފްވުމަކަށް ފަހުގައެވެ. އަދި އެއަށްފަހު އަލަށް ގުޅުނު ދަރިވަރުންނާއި މުޚާޠަބުކޮށް ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ ރައީސާ އައިޝަތު މައީޝާ ހާތިމް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މައީޝާ ގެ ވާހަކަފުޅުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން މި ޓާމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، އެމް.އެން.ޔޫ.އެސް.ޔޫ އިން މި ޓާމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ކުރު ހުލާސާއެއް ދެއްވިއެވެ.
ގޭމް ނައިޓްގެ ތެރޭގައި ވަނީ ފެސާގެ ލީޑާރސް ގްރޫޕަށް ގުޅެން ބޭނުންވާ ކުދިން ނަން ނޯޓު ކުރެވިފައެވެ. އަދި ހަމައެހެންމެ، ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެގެން ދިޔަ މަޖާ ތަފާތު އެކި ކުޅިވަރުތައް މި ހަރަކާތުގައި ކުޅެވިގެންދިޔައެވެ. ގޭމް ނައިޓް ނިންމާލެވިފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ ޑާންސް އަދި ބޮޑުބެރު ގުރޫޕް ގެ ފަރި ހަރަކާތްތަކަކާއެކުގައެވެ.
މި ހަރަކާތުގެ މަގްސަދަކީ އަލަށް ގުޅުނު ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށް، މަޖާކޮށްލާ އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ދިނުމެވެ.





